ހޮރައިޒަން ފިޝަރީޒް އާއި މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ.
ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ހޮރައިޒަން ކުންފުންޏާއި ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންނަށް ޑީސަލް ލީޓަރެއް އިއްޔެ ފެށިގެން ވިއްކަނީ ލިޓަރެއް 8.50ރ. އަށެވެ.
މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު މިފްކޯއިން އެންމެ ފަހުން ބޮޑުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު 22، ގަ އެވެ. އެއީ ޑީސަލް ލީޓަރެއް 7.17ރ. އަށެވެ. މިފްކޯއިން ތެލުގެ އަގަށް ގެނައި ބަދަލާއެކު ލީޓަރަކުން ވަނީ 1.33ރ. ބޮޑުވެފަ އެވެ.
ހޮރައިޒަންއިން ވެސް މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު އެންމެ ފަހުން ބޮޑުކުރީ މީގެ ފަސް ދުވަސް ކުރިންނެވެ. އެއީ ލީޓަރެއް 7.75ރ. އަށެވެ.
ހޮރައިޒަން އިން ބުނީ ޑީސަލްގެ އަގުބޮޑު ކޮށްފައިވަނީ ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލަކާއެކު އެ ކުންފުނިން ޑީސަލް ގަންނަމުން އަންނަ އެފްއެސްއެމް އިން ޑީސަލް ވިއްކާ އަގު ބޮޑުކުރުމުން ކަމަށެވެ.
މި ގެނައި ބަދަލާއެކު މަސްވެރިންނަށް ޑިސަލް ލިޓަރެއް 8.50ރ. އަށް ލިބޭނެ ކަމަށާއި އެހެނިހެން ފަރާތްތަކަށް 13.19ރ. އަށް ޑީސަލް ލީޓަރެއް ލިބޭނެ ކަމަށެވެ.
މަސްވެރިން ލަފާކުރާ ގޮތުގައި ބޮޑެތި ދޯނިތަކަށް ދުވާލަކު 1،200 ލީޓަރު އަޅަންޖެހެ އެވެ. 1،200 ލީޓަރު ތެލުގެ އަގު ލިބެނީ 637 ކިލޯ މަސް ވިއްކައިގެންނެވެ.