ދާޚިލީ ހަމަނުޖެހުން ހިނގަމުނންދާ ގައުމުތަކަށް ޖިހާދަށްދިއުމަކީ ޢައިނިއްޔަ ފަރްޟެއްނޫން: ފިގުހު އެކަޑަމީ

ސޫރިއާގައި ހިނގަމުދާ   ހަމަނުޖެހުންތަކުގައި ބައިވެރިވާ ހަނގުރާމަވެރިންތަކެއް

ސޫރިއާގައި ހިނގަމުދާ ހަމަނުޖެހުންތަކުގައި ބައިވެރިވާ ހަނގުރާމަވެރިންތަކެއް

ދާޚިލީ ހަމަނުޖެހުންހިނގަމުން އަންނަ ސޫރިޔާފަދަ ގައުމުތަކަށް ޖިހާދަށް ދިއުމަކީ އައިނިއްޔަ ފަރުޟެއްނޫންކަމަށް ފިގުހު އެޑަމީއިން ބުނެފިއެވެ.އެއެކަަޑަމީން މިއަދު ނެރެފައިވާ ފަތުވާގައި ބުނެފައިވަނީ ، އެއީ މުސްލިމުންގެ ދުޝްމަނުންގެ ކުރިމަތީގައި އިސްލާމީ ގައުމުގެ ކަންތައްތަކާ ބެހުމަށް ހުޅުވިގެންދާ ދޮރެއްކަމާއި މުސްލިމް ގައުމުތަކަށް ޖިހާދަށްދިއުމަކީ ކިފާޔަތުގެ ފަރުޟެއްކަމުގައި ބަލައިފިނަމަ ވެސް ޖިހާދަށްދެވޭނީ ޝަރުތުތަކަކާ އެކުގައި ކަމަށެވެ. އެގޮތުގެ މަތީން ވަލިއްޔުލްއަމްރު (ގައުމުގެ އެންމެ މަތީވެރިޔާ) ގެ ހުއްދަ ބޭނުންވާނެކަމަށާއި މައިންބަފައިންގެ ހުއްދަވެސް ބޭނުންވާނެކަމަށް ފަތުވާގައި ބުނެފައިވެއެވެ.

އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކަކީ އިސްލާމީ ގައުމުތަކާ ދެކޮޅަށް ރޭވިގެން ހިނގަމުންއަންނަ މުއާމަރާތުތަކެއްގެ ބޮޅުތަކެއްގެ ތެރެއިން ބޮޅެއްކަމަށްވެސް ފަތުވާގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top