ރާއްޖެއަށް ލިބޭތޯ ބަލަނީ އެސްޓްރާޒެނެކާ އާއި މޮޑާނާ ވެކްސިން: ހެލްތު

Coronvirus-vaccine-reuters.jpg

ރާއްޖެއަށް ލިބޭތޯ މަސައްކަތް ކުރަމުން މި ދަނީ ރާއްޖޭގެ މާހައުލާވެސް ގުޅޭ ގޮތަށް ކޮވިޑަށް ފަރުވާ ކުރުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި އެސްޓްރާޒެނެކާ ވެކްސިނާއި އެމެރިކާގެ ބަޔޯ-ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ މޮޑާނާއިން އުފެއްދި ކޮވިޑް ވެކްސިން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.ޝާހު ވިދާޅުވީ ރާއްޖެއަށް ލިބޭތޯ މަސައްކަތް ކުރަމުން ގެންދަނީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީންނާއި ބޭސް އުފައްދާ ކުންފުނި އެސްޓްރާ ޒެނެކާ ގުޅިގެން އުފެއްދި ކޮވިޑް-19 ވެކްސިނާއި އެމެރިކާގެ މޮޑާނާ ކުންފުނިން އުފެއްދި ކޮވިޑް-19 ވެކްސިން ކަމުގައެވެ.

އަދި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެގޮތުން ސްޓިއަރިން ކޮމިޓީއެއް އުފައްދާފައިވާކަމަށް ޑރ.ޝާހު ވިދާޅުވިއެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުން ވެކްސިން ދިނުމުގައި އިސްކަން ދޭނެ އުމުރުފުރާ ތަކާއި ކެޓަގަރީތައް ދެނެގަނެވިފައިވާ ކަމަށް ޑރ.ޝާހް ވިދާޅުވިއެވެ.

ފޭސް ތިނެއްގެ ޓްރަޔަލްގައި ހުރި ވެކްސިންތަކުގެ ތެރެއިން އެންމެ ކާމިޔާބު ދެ ވެކްސިނަކީ އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ވެކްސިނާއި މޮޑާނާ ވެކްސިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވެކްސިން ބަހައްޓަން ޖެހޭ ފިނިހޫނުމިނަށް ބަލާއިރު ވެސް ރާއްޖެ އަށް އެންމެ އެކަށީގެންވާ ދެ ވެކްސިނަކީ ވެސް އޮކްސްފޯޑް އާއި މޮޑާނާގެ ވެކްސިން ކަމަށް ޑރ.ޝާހް ވިދާޅުވިއެވެ.

“ވަރަށް ގިނަ ވެކްސިން މިހާރުވެސް ފޭސް ތްރީ ޓްރަޔަލްގައި އެބައުޅޭ. އޭގެ ތެރެއިން އެއްވެސް ވެކްސިނެއް އަދި އެއްްކޮށް ފުރިހަމައެއް ނުވޭ. އޭގެ ތެރެއިން އެންމެ ކުރީގައި އުޅޭ ވެކްސިންތަކުގެ ތެރޭގައި އެސްޓްރާޒެކެނާ އާއި މޮޑާނާ ވެކްސިން ހިމެނޭ. މި ދެ ވެކްސިން އަޅުގަނޑުމެންނަށް އެންމެ ޕްރޮމިސިން، ރާއްޖޭގައި މާހައުލަށް ބަލާފައި. އެ ބަހައްޓަންޖެހޭ ފިނި ކަމަށާއި ހުރިހާ ކަމަކަށް ބަލާފައި އެންމެ އެފެކްޓިވް ވެކްސިނެއްގެ ގޮތުގައި މި ދެ ވެކްސިން ރާއްޖެއަށް ލިބޭތޯ މި މަސައްކަތް ކުރަނީ،” ޑރ.ޝާހު ވިދާޅުވިއެވެ.

ޑރ.ޝާހް ވިދާޅުވީ އެވެކްސިންތައް އެންމެ އަވަހަށް ރާއްޖެ އަށް ލިބޭނެ ކަމަށެވެ.

ރާއްޖެއިން ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައިވާތީ ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ޖަހާ ވަރަށް ހިލޭ ވެކްސިން ލިބޭނެ ކަމަށާ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމަށްޓަކައި ވެކްސިން ގަތުމަށް ބަޖެޓު ހަމަޖެހި، ބަޖެޓުގެ އެއްވެސް ތާށިކަމެއް ނެތް ކަމަށް ވެސް ޑރ. ވިދާޅުވިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކަށް އިޝާާރާތް ކުރައްވާ ޑރ.ޝާހް ވިދާޅުވީ މިހާރު ރާއްޖޭގައި ދަނީ ބަލި ކޮންޓްރޯލް ކުރެވެމުން ކަމަށެވެ. އަދިދުނިޔޭގެ އެހެން ގައުމުތަކަށް ވުރެ މާކުރިން ރާއްޖެ އިން ބައެއް މުހިއްމު ފިޔަވަޅުތައް އެޅި ކަމަށް އޭނާ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top