އުމުރަކީ އެހާ ފަރުވާބަހައްޓާ ކަމެއް ނޫންކަމާ އެއީ ކަންބޮޑުވާންޖެހޭކަމެއްވެސް ނޫންކަމުގައި އިއްޔެ 45 އަހަރުފުރުނު ސައިފް އަލީހާން ބުނެފިއެވެ. ސައިފް މިހެން ބުނެފައިވަނީ އޭނާއަށް 45އަހަރުވުމާބެހޭގޮތުން ރިޕޯޓަރަކުކުރި ސުވާލަކާގުޅިގެންނެވެ.
ސައިފްބުނީ މިފަހަރު އޭނާ ގަސްދުކުރަނީ ފެމިލީއާއެކު ކުޑަކުޑަގޮތަކަށް އުފަންދުވަސް ފާހަގަކުރުމަށެވެ. “އަހަރެންގެ ނެތް ރޭވިފައިވާ އެއްވެސް ޕްލޭނެއް އުފަންދުވަސް ފާހަގަ ކުރުމަށް. މިމުނާސަބާ ފާހަގަކުރާނީ އަހަރެންގެ ދަރިންނާ އަންހެނުން …. ދެން ފެމިލީ . ” އޭނާ ބުންޏެވެ.
ސައިފް ދެން އެންމެއަވަހަށް ފެނިގެންދާނީ ކަބީރުޚާންގެ އެކްޝަން ފިލްމް ފެންތޯމް އިންނެވެ.
ސައިފަކީ ކުރީގެ މަޝްހޫރު ކްރިކެޓްކުޅުންތެރިޔާ ނަވާބް މަންސޫރުއަލީޚާންއާ އެކްޓްރެސް ޝަރްމީލާޓޭގޯރަށް ލިބިފައިވާ ހަމައެކަނި ފިރިހެން ދަރިފުޅެވެ. ފިލްމީ ދާއިރާއަށް ވަދެ ކުޅުނު ފުރަތަމަ ފިލްމްތަކުގެ ތެރޭގައި ހިމެނޭ މައި ކިލާޅި ތޫ އަނާޅި ،ޔޭދިއްލަގީ ،ދިލްޗާހަތޭއަދި ކަލްހޯނަހޯއަކީ ފިލްމީ ކެރިއަރުގައި ސައިފްގެ އަގު ބޮޑުވެގެންދިޔަ ފިލްމުތަކެވެ.
ފިލްމީ ދާއިރާއިން އޭނާވަނީ ނެޝަނަލްފިލްމްއެވޯޑާއި 2010ގައި އިންޑިއާ ސަރުކާރުން ދޭ އެންމެޝަރަފްވެރި އެވޯޑްކަމުގައިވާ ޕަދްމާޝްރީ އެވޯޑްވެސް ހޯދާފައެވެ.
ސައިފްވަނީ 90 ގެ އަހަރުތަކުގައި ވިދާލި އެކްޓްރެސް އަމްރީތާސިންގއާ ކައިވެނިކޮށްގެން 13 އަހަރު އެކުގައިހޭދަކޮށް ދެކުދިންވެސް ހޯދާފައެވެ. އޭނާ ކަރީނާއާކައިވެނި ކޮށްފައިވަނީ 2012ވަނަ އަހަރުގައެވެ