ދަރަންޏަށް ޒިންމާ ކުރުވަން ރައީސް މައުމޫން ގޮވައިގެން ޑީއާރްޕީން ކޯޓަށް

vjXKayKwxkBmjo6GMXLsvgHJzsxf2tExfhRxfQN7.jpeg

ޑީއާރުޕީގެ ބާނީ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އެމަނިކުފާނު ގޮވައިގެން ކޯޓަށް ދިއުމަށް ޑީއާރްޕީން ނިންމައިފިއެވެ.

ޑީއާރްޕީން މިއަދު ބުނީ ރައީސް މައުމޫންގެ ލީޑަޝިޕްގައި އެ ޕާޓީ ވަނީ ބޮޑު ތަނުން ދަރަނިވެރިކޮށް އެ ބިލުތަކުގެ ފައިސާ ނުދައްކާ ޕާޓީގެ އޭރުގެ މެމްބަރުންގެ ބޮލުގައި ދަރަނި އަޅުވާފައި ކަމަށާއި އޭރުގެ ދަރަނިތަކުގެ ބިލްތައް މިއަދުވެސް އަންނާތީ އެ ދަރަންޏަށް ޒިންމާވުމަށް ރައީސް މައުމޫންގެ މައްޗަށް ދައުވާކުރަން ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އަދި މި މައްސަލަ އާއި މެދު ގޮތެއް ނިމެންދެން މި ހުރިހާ ދަރަނި ދެއްކުން މަޑުޖައްސާލަން ވެސް ކައުންސިލުގެ އިއްތިފާގުން ނިންމާފައިވާ ކަމަށް ޑީއާރްޕީން ބުނެއެވެ. އަދި މިފަދަ ބޭފުޅުން އެމްއާރްއެމްގެ ނަމުގައި ޕާޓީ ހަދާ، މި ސަރުކާރު ކޯލިޝަނުގައި ބައިވެރިކޮށްގެން އުޅޭ އުޅުން ކުށްވެރިކުރާ ކަމަށްވެސް ޑީއާރްޕީން ބުނެފައިވެއެވެ.

ޑީއާރްޕީ އަކީ ރައީސް މައުމޫން އުފެއްދެވި ޕާޓީއެކެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ބަލިވުމާއި ގުޅިގެން އުފެދުނު މައްސަލަތަކުގައި އެމަނިކުފާނު ވަނީ ޕާޓީއާ ދުރަށް ޖެހިވަޑައިގެންފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top