ބ. ހިތާދޫގައި ސަރުކާރުން އަޅައިދެއްވި ފުޓްސަލް ދަނޑު އިއްޔެ ހުޅުވައިފިއެވެ.
މި ދަނޑު ރަސްމީކޮށް ހުޅުވައިދެއްވީ ބ.އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަހުމަދު އަފްރާހެވެ.
މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަޚްލޫފް އޮންލައިން ކޮށް ބައިވެރިވެ ވަޑައިގެން ވިދާޅުވީ ހިތާދޫއަކީ ކުޅިވަރުގެ ރޮނގުން ރަން ވަނަ ތަކެއް ހޯދައިފައިވާ ރަށެއް ކަމަށާއި މި ފުޓްސަލް ދަނޑުގެ ސަބަބުން ހިތާދޫގެ ޒުވާނުން ކުރިމަގުގައި އިތުރު ކާމިޔާބު ތަކެއް ހޯދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލްއަޒީޒު މުހައްމަދު ވަނީ ހިތާދޫގައި ކުޅިވަރު ކުރިއެރުވުމަށާއި، އުމްރާނީ ގޮތުން ރައްޔިތުންނާއި ޒުވާނުން ބޭނުންވާ ކަންކަން ކޮށްދެއްވަމުން ގެންދަވާކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ.
ފުޓްސަލް ދަނޑު ހުޅުވުމުގެ ގޮތުން އެރަށުގެ ޒުވާނުންގެ މެދުގައި ވަނީ ޚާއްސަ ފުޓްބޯޅަ މެޗެއް ކުޅެފައެވެ.