އަމިއްލަފުށިން ރުއްގަލު ބޭސް.

1503133458509922315Amilla-Fushi4.jpg

އަމިއްލަފުށި ރިސޯޓް - ފޮޓޯ : އެމްވީ ހޮޓެލްސް ޓްރެވަލް ގައިޑް

ބ.އަތޮޅުގައި ހިންގާ އަމިއްލަފުށި ރިސޯޓަކީ ވަރަށް ތަފާތު ލަގްޒަރީ ރިސޯޓެކެވެ. ހަމައެކަނި ނަމަކުން ނޫނެވެ. ރާއްޖޭގެ އެހެން ރިސޯޓު ތަކުން ލިބެން ނުހުންނަ ޚިދުމަތްތަކާ އާ ކަންތައްތަކެއް އެ ރިސޯޓުންވަނީ ތައާރަފް ކޮށްފައެވެ. ހަމައެފަދައިން ރިސޯޓުން އަތޮޅުގެ އަތޮޅަށްވެސް ސީދާ ގޮތުން ޚިދުމަތްތަކެއް ދަނީ ކޮށްދެމުންނެވެ. ފާހަގަ ކުރެވޭ އެއްކަމަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުން ގެނެސްގެން އަތޮޅުގެ ދަރިވަރުންނަށް ޔޫރަޕްގެ ފެންވަރުގައި ފުޓްބޯލަ ކުޅެން ދަސްކޮށްދިނުމެވެ. ދޭތެރެއަކުން މިހާރުވެސް މި ޕްރޮގްރާމް ހިންގައެވެ.

ރިސޯޓެއްގެ ގޮތުގައި ގެސްޓުންނާއި ގާތް ގުޅުމެއް ބޭއްވުމުގެ ގޮތުން ދާދިފަހުން އެރިސޯޓުން ތައާރފް ކޮށްފައިވަނީ ފަތުރުވެެރިންނަށް ވަކި ރަށެއްގައި އެކަނި ކަރަންޓީން ވެގެން ތިބުމުގެ ފުރުސަތެވެ. މި ފުރުސަތުގެ ދަށުން ގިނަވެގެން 100 މީހުންނަށް އެއް ހަފްތާ ވަންދެން އެ ރިސޯޓް، ޕްރައިވެޓް އައިލެންޑެއް ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ލިބޭއިރު އެކަމުގެ ބޭނުން ހިފާ ފަރާތްތަކަށް ތަފާތު ގިނަ ވަސީލަތްތަކާއި ޚިދުމަތްތައްވެސް ލިބިގެންދާނެއެވެ.

އެންމެ ފަހުން އަމިއްލަފުށީގެ “ޖައްވު ސްޕާ” އިން ތައާރަފް ކޮށްފައި މިވަނީ ދިވެހި ރުއްގަލުބޭހުގެ ހިދުމަތެވެ.

ރާއްޖޭގެ މަޝްހޫރު ދިވެހިބޭސްވެރިއެއްގެ ލަފަޔާއި އެކު ފެށި މިޚިދުމަތުގައި ދިވެހިބޭހުގެ 2 ވައްތަރެއްގެ ފަރުވާދޭން މިހާރުވަނީ ފަށާފައެވެ.

އަމިއްލަފުށީގެ ސްޕާގައި ދިވެހިބޭސް ކުރުމަށް ބޭނުންކުރާ ހުރިހާ ފަތްޕިލާވެއްޔާއި ބޭހަކީ އެރިޒޯޓުގައި ކެމިކަލް ނުވތަ ބޭހެއް ބޭނުންނުކޮށް ހައްދާ ތަނބުރު، ފޮނިތޮށި އަދި ކަރަންފޫ ބޭނުންކޮށްގެން ތައްޔާރުކުރެވޭ ފަރުވާ ތަކެކެވެ.

50 މިނެޓުގެ “ތަނބުރު ބޭސް ދެމުން”، މިޚިދުމަތުގައި ދިވެހި ފަތްޕިލާވެއްޔާއި ތަފާތު މަސާޖް ޓެކްނިކް ބޭނުންކުރެއެވެ. މިފަރުވާއަކީ ހަށިގަނޑުގެ ވަރުބަލިކަން ނައްތާލަދިނުމާއި، ދުޅަވުމާޢި، މަސްގުޅަކެއުމާއި، ކަރާއި ބުރަކަށީގެ ދަތު އަދި ފައިގެ ރިހުންތަކަށް ހާއްސަ ފަރުވާއެކެވެ. މިފަރުވާ އަކީި ތަނބުރުފަތް ފުނޑައިގެން  ތައްޔާރުކުރެވޭ ޕޭސްޓެއް އުނގުޅައިގެން މަސާޖްއާއެކު ދެވޭ ފަރުވެއްކަމަށް އެރިސޯޓުން ހާމަކުރެއެވެ.

ބުނެވޭ ގޮތުގައި ތަނބުރު ފަތަކީ ހަށިގަނޑުގައި ހުންނަ ތަދުތައް ލުއިކޮށްދޭ ވަރަށް މޮޅު ފަތެކެވެ.

ދެވަނަ ފަރުވާއަކަށް ތައާރަފް ކޮށްފައި ވަނީ “މަސްގުޅަ ފިލުވާބޭސް” ނަމަކަށް ކިޔާ 90 މިނިޓްގެ ފަރުވާ އެކެވެ. ފޮނިތޮށި، މިރުސް އަސޭމިރުސް އަދި ކަރަންފޫ ބޭނުން ކޮށްގެން ޚާއްސަ ތެލެއް ތައްޔާރުކޮށް ޓީޕް މަސްލް ރިލެކްޒޭޝަންގެ ޓެކްނިކްތައް ހިމެނޭ މަސާޖަކާއި އެކު ދެވޭ މިފަރުވާ އަކީ އަވަދިނެތި އުޅޭ މީހުންނާ ކުޅިވަރުކުޅޭ މީހުންނަށް ހާއްސަ ފަރުވާއެކެވެ. މިމަސާޖަށް ބޭނުން ކުރެވޭ ތެލުގައި ހިމެނޭ ތަކެއްޗަކީވެސް ހަށިގަނޑުން ވަރުބަލިކަން ފިލުވައިދޭ ހަށިގަނޑުން ތަދު ފިލުވައިދޭ ބޭސް ތަކެކެވެ. މިފަރުވާދިނުމަށް އަމިއްލަފުށިން ތައްޔާރު ކޮށްފައިވާ ބެމްބޫ ދަނޑިއަކާ އިލޮށި ބޭނުންކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top