އެމްޑީއެން ރިޕޯޓަށް އެދުރުންވެސް ބަސް ބުނަންވާނެ: ޑރ. އަލީ ފަވާޒް

big_dBVvhQeluSiYTzZFsdfEnc4Fr.jpg

މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ކޮންމެ އެދުރަކުވެސް ކިއުއްވައި އެ ބޭފުޅެއްގެ ބަސް ވިދާޅުވާން ޖެހޭ ކަމަށް ގައުމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޑރ. ފަވާޒް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ވިދާޅުވެ ފޭސްބުކްގައި ލިއުއްވި ސްޓޭޓަސްއެއްގައެވެ.

”އަދި އަޅުގަނޑު ގަބޫލުކުރަނީ ކޮންމެ އެދުރަކުވެސް އެ ރިޕޯޓް ކިޔުއްވާ އެބޭފުޅެއްގެ ބަސް ބުނަންވާނެ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އަޅުގަނޑުމެންގެ އިސްލާމް މުގައްރަރުގެ މައްސޫލުވެރިންގެ ބަހެއް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވަރަށް މުހިންމެވެ. ވަކިން ޚާއްސަކޮށް މިދުވަސްވަރަކީ އިސްލާމް މުގައްރަރު މުރާޖާކުރާ ދުވަސްވަރެއްކަމުގައި ތައުލީމީ ވުޒާރާއިން ރައްޔިތުންގެ މަޖްލިސްގައި ވިދާޅުވެފައިވާތީ މިކަން އިތުރަށް ސާފުވުން މުހިންމެވެ.“

ފަވާޒް މިހެން ވިދާޅުވެފައިވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެއްވެސް ބޭފުޅަކު ”އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅޭގޮތުން“ ސޯޝަލް މީޑިއާގައި ވާހަކަ ނުދެއްކުމަށާ އެކަން ކުރާނަމަ ހުއްޓުވަން ސަރުކާރުން އަންގާފައި ވަނިކޮށްކަން ފާހަގަ ކުރެވެ އެވެ.

ޑރ.ފަވާޒް ވިދާޅުވީ އެމްޑީއެން އިން ލިޔެފައިވާ ރިޕޯޓް އޭނާ ވިދާޅުވި ކަމަށާ އެ ރިޕޯޓުން ރާއްޖޭގެ އިސްލާމް މުގައްރަރާއި ގުޅުވައި އިސްލާމް ދީނާ ދެކޮޅަށް ލިޔެފައިވާ އެތައް ވާހަކައެއް ފާހަގަ ކުރެވުނު ކަމަށްބުނެ އެނުކުތާތައް އޭނާ ވަނީ ހިއްސާކުރައްވާފައެވެ.

ޑރ. ފަވާޒް ފާހަގަ ކުރައްވާފައިވާ ކަންކަން

  • އިސްލާމް ފޮތުގައި އަޅުގަނޑުމެންގެ ދަރިންނަށް ﷲ ވޮޑިގެންވުން ކިޔަވައިދޭން ފަށަނީ ﷲ ވޮޑިގެންވުމަކީ ސުވާލު ނުއުފެދޭވަރަށް ޔަގީންވާ ކަމެއްކަމުގައި އޮތްއޮތުމާމެދު ސުވާލު އުފެދޭގޮތަށް އެރިޕޯޓުގައި ލިޔެފައިވުން.
  • ﷲ ވޮޑިގެންވާކަމުގެ ދަލީލަކީ ﷲ ގެ ކުޅަދުންވަންތަކަން ކަމުގަޔާއި އެކަލާންގެ ހަލްގު ކުރައްވާފައިވާ މަހްލޫގުންގެ ފުރިހަމަ ކަންކަމުން ކަމުގައި އިސްލާމް މުގައްރަރުގައި އޮތް އޮތުމާމެދު ސުވާލު އުފެދޭގޮތަށް އެރިޕޯޓުގައި ލިޔެފައިވުން.
  • ކީރިތި މާތް ނަބިއްޔާއަކީ އެހެން ހުރިހާ އިންސާނުންނަށް ވުރެ މުސްލިމުން ލޯބިވާންވާ ފަރާތެއްކަމުގައި އިސްލާމް މުގައްރަރުގައި އޮތުމުން އެކަމާ އެރިޕޯޓުގައި ފާޑު ކިޔައިފައިވުން
  • ކީރިތި މާތް ނަބިއްޔާއަކީ ހަރުކަށި ވިސްނުމުގެ ބޭފުޅެއްކަމަށް ދޭހަވާގޮތަށް އެރިޕޯޓުގައި ލިޔެފައިވުން.
  • މައްކާގެ މުޝްރިކުން ކީރިތި މާތް ނަބިއްޔާއަށް ކުރި އަނިޔާ އާއި ދުއްތުރާތަައް އިސްލާމް މުގައްރަރުގައި އޮތުމުން އެކަމަކީ މާތް ނަބިއްޔާއަށް އިސްލާމުންގެ މެދުގައި ހަމްދަރުދީ އުފެދޭ ކަމެއް ކަމަށާއި އެކަން އެގޮތައް އޮތުމުން މުސްލިމުން އެހެން ދީންތަކުގެ މީހުންނާ މެދު ނަފްތަރު އުފެދޭ ކަމަށް އެރިޕޯޓުގައި ލިޔެފައިވުން.
  • މައްކާގެ މުޝްރިކުން މުސްލިމުންނަށް ކުރި އަނިޔާ އާއި ދުއްތުރާތަައް އިސްލާމް މުގައްރަރުގައި އޮތުމުން އެކަމަކީ އިސްލާމުންނަށް ހަމްދަރުދީ އުފެއްދުމަށް ލިޔެފައިވާ ބައެއް ކަމަށާއި އޭގެ ސަބަބުން މުސްލިމުން އެހެން ދީންތަކުގެ މީހުންނާ މެދު ނަފްތަރު އުފެދޭ ކަމަށާއި ޒުވާނުން ޖިހާދަށް ފޯރި ހުންނަކަމަށް އެރިޕޯޓުގައި ލިޔެފައިވުން.
  • އެއް މުސްލިމަކު އަނެއް މުސްލިކާ ލޯބިވާން ވާނޭކަމަށް އިސްލާމް މުގައްރަރުގައި އޮތުމުން އެރިޕޯޓުގައި ފާޑު ކިޔައިފައިވުން.
  • ކީރިތި ޤުރުއާނުގައި ޔަހޫދީންނާއި ނަސާރާއިންނަކީ މުސްލިމުންނަށް އިހްލާސްތެރި ބަޔަކަށް ނުވާނެ ކަމަށް އޮތްއޮތުން އިސްލާމް މުގައްރަރުގައި އޮތުމުން އެކަން މިރިޕޯޓުގައި ކުށްވެރި ކޮށްފައި އޮތުން.
  • އިސްރާ އާއި މިއުރާޖުގެ ހާދިސާ އަކީ ފުލޯކެއް ގޮތުގައި ދޭހަވާ ގޮތައް އެރިޕޯޓުގައި ލިޔެފައިވުން.
  • އެއް ޖިންސުން ގުޅުން ހިންގުމާއި ކައިވެނީގެ ކުރިން ގުޅުން ހިންގުމާއި ކައިވެނީގެ ބޭރުން ގުޅުން ހިންގުމަކީ އިސްލާމު ދީނުގައި ހުއްދަ ނޫން ކަންކަން ކަމުގައާއި އޭގެ ސަބަބުން މުގްތަމައުއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އިސްލާމް މުގައްރަރުގައި އޮތްއޮތުމަށް އެރިޕޯޓުގައި ފާޑު ކިޔައިފައިވުން.
  • އިސްލާމީ ރިވެތި އަހްލާގު އިސްލާމު މުގައްރަރުގައި އޮތްއޮތުން ރަަގަޅު ނޫން ކަމުގަޔާއި މިބައި ކިޔައިދިނުން ރަގަޅީ ސިވިކް އެޑިއުކޭޝަން ނޫނީ އިންސާނީ ހައްގުތަކުގެގޮތުގައި ކަމުގައި އެރިޕޯޓުގައި ލިޔެފައިވުން.
  • މުސްލިމުންނަށް ހަރާން ކުރައްވާފައިވާ ޣީބަ ބުނުމާއި ދުރުވުމަށް އިސްލާމް މުގައްރަރުގައި ބަޔާންކޮށްފައި އޮތްއޮތުމަކީ އިންސާނީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ހިޔާލު ފާޅުކުރުމުގެ ހައްގު ނިގުޅައިގަނެވޭ ކަމެއްގެ ގޮތުގައި އެރިޕޯޓުގައި ލިޔެފައިވުން.
  • އެހެން ދީންތަކަކީ ސައްހަ ދީންތަކެއް ނޫންކަމަށް އިސްލާމް މުގައްރަރުގައި އޮތްއޮތުމަކީ ދަރިވަރުންގެ އެހެން ދީންތަކާ ދޭތެރޭ އަމިއްލައަށް ވިސްނާ ޤަބޫލުކުރުމަށް އޮތް ހުރަހެއް ކަމުގައި އެރިޕޯޓުގައި ލިޔެފައިވުން.
  • އިސްލާމް ދީނަކީ ހައްގު ކަމުގައި އިސްލާމް މުގައްރަރުގައި އޮތްއޮތުމާ ދޭތެރޭ އެރިޕޯޓުގައި ފާޑު ކިޔައިފައިވުން.
  • އިސްލާމީ ފަލްސަފާއަކީ އޮތް ހަމައެކަނި ފުރިހަމަ ފަލްސަފާ ކަމުގައި އިސްލާމް މުގައްރަރުގައި އޮތްއޮތުމަކީ އެހެން ފަލްސަފާތަކާ ދެކޮޅު ކަމެއްކަމުގައި އެރިޕޯޓުގައި ލިޔެ މިކަމަށް ފާޑުކިޔުން.
  • އަލްމާނީ ފިކުރަކީ އިސްލާމް ދީނާ ދެކޮޅު ފިކުރެއް ކަމުގައި އިސްލާމް މުގައްރަރުގައި އޮތްއޮތުމާމެދު އެރިޕޯޓުގައި ފާޑުކިޔާފައި ވުން 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top