އޭދަފުށީގައި ހޮޓާ/ ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަމްތް ދޭ ތަންތަން މާދަމާއިން ފެށިގެން އާއްމުކޮށް ހުޅުވާލުމުގެ ހުއްދަ ދީފިއެވެ.
އޭދަފުށީ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ ކޮވިޑް ރޯގާއާ ގުޅިގެން ކެއިން ބުއިމުގެ ޚިދުމަތް ދޭތަންތަނުން ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނައުމަށް އޭދަފުށީ ޓާސްކްފޯސް ކޮމިޓީން ނިންމާފައިވާތީ 31 މޭ އިން ފެށިގެން ހޮޓާ/ ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުން އާއްމުކޮށް ޚިދުމަތް ދޭ ގަޑިތަކުގައި ޚިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
އަދި މި ގޮތަށް ޚިދުމަތް ދޭއިރު އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި ޚިދުމަތް ފޯރުކޮށްދިނުމަށް އުޅޭ މުވައްޒަފުން އަންގި އާއި މާސްކް ބޭނުން ކުރެއްވުމަށް ރަށު ކައުންސިލުން އިލްތިމާސް ކުރެއެވެ.