ކޮވިޑް-19 އިގެ ވަބާ ފެތުރުން ކުޑަކުރުމުގެ ގޮތުން އެއް ރަށުން އަނެއް ރަށަށް ދިއުން ސަރުކާރުން މަނާކުރައްވާފައި އޮއްވާ ބ. ގޮއިދޫން ފަތާފައި ފެހެންދު އަށް ދިޔަ މީހަކު ހައްޔަރު ކޮށްފި އެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވަނީ، ފެހެންދޫއަށް ފަތާފައި ގޮސް އެނބުރި ގޮއިދޫއަށް ދަނިކޮށް ފަޅުތެރެއިން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފެހެންދޫގެ އިތުރުން ނ. މާފަރު މޮނިޓަރިންގެ ހާލަތުގައި އޮތުމުން އެ ރަށުން ބޭރަށް ދިއުން މަނާކޮށްފައި ވަނިކޮށް، މަސް ދަތުރު ގޮސް ރަށުގެ އާއްމު މަސްހަލަތު ގެއްލޭ ގޮތަށް ކަންތައް ކޮށްފައިވާތީ އެ ރަށުންވެސް ރޭ ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ 59 އަހަރުގެ މީހަކާއި 44 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
ފުލުހުން ދަނީ މި މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.