ފަރުމަހުގެ މަސްވެރިންނަށް ސަރުކާރުގެ އެހީ ބޭނުންވޭ- އެމްޕީ އަލީ !

l_4748522-1.jpg

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން

ކޮވިޑް-19 ގެ ވަބާ ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރިސޯޓު ތައް ބަންދު ކޮށްފައިވާތީ ފަރުމަސްވެރިކަން ކޮށްގެން ދިރިއުޅޭ މީހުންނަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ބ.އަތޮޅުގައި ފަރުމަސްވެރިކަން ކުރާމިހުން އެންމެ ގިނައިން އާމްދަނީ ހޯދަނީ ރިސޯޓުތަކަށް ފަރުމަސް ވިއްކައިގެންނެވެ.

މިކަމާގުޅިގެން އަލީ ހުސެއިން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިސޯޓުތައް ބަންދުކުރުމާ އެކު ފަރުމަހުގެ ވިޔަފާރި ވެރިންނަށް ފަރުމަސް ގަންނާނެ ބަޔަކު ބޭނުންވެފައިވާ ކަމަށެވެ. ފަރުމަހާއި ލައްޓި ރާގޮނޑީގެ ވިޔަފާރިކޮށްގެން ދިރިއުޅެމުން އަންނަ އެތައް އާއިލާތަކެއް ތިބި ކަމަށާއި، އެމީހުންނަށް މިވަގުތު ސަރުކާރުގެ އެހީތެރިކަން އިންތިހާ އަށް ބޭނުންވެފައިވާ ކަަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ފަރުމަސްވެރިން ނަށް ގޮތް ހުސްވަމުން އަންނައިރު ދިވެހި މަސްވެރިން ބާނާމަހަށް ދޭންޖެހޭ ފައިސާ ނުދީދުވަސްކޮޅެއް ވޭތުވެގެން ދިއުމަށްފަހު މިހާރުވަނީ އެފައިސާ ދޭން ފަށައިފައެވެ. މިފްކޯ އިން ބުނެފައިވަނި ބުނެފައި ވަނީ 17 ދުވަސް ވަންދެން މަސް ކިރުވައި އަގު ދީފައި ނުވާ 40 މިލިއަން ރުފިޔާ ވާކަމަށާއި ކަމަށާއި މިހާރު އެއްފަހަރާ އެ މަހަށްވާ ފައިސާތައް ދީފައިވާނޭ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top