ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރުގެއާއިޅި މަސްލަހަތު އޮންނަ ، ރެޑްވޭވް ކުންފުނިން ، ސީދާ ހައިސެންސް ކުންފުނިން ރާއްޖެއަށް އިމްޕޯރޓްކޮށް ޑިސްޓްރިބިއުޓްކުރުމަށް ހަމަޖެހިފައިވާއިރު ވަރަށް ހެޔޮ އަގުތަކެއްގައި ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ. އަދި ޕްރީއޯޑަރ އަގުތައް އާއްމު އަގުތަކަށްވުރެ ހެޔޮވާނެކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ.
ޕްރީއޯޑަރ ކުރުމަށްބޭނުންވާ ކަސްޓަމަރުންނަށް ޓީވީގެ އަގުގެ 75އިންސައްތަ ފައިސާ ދެއްކެވުމުން ޕްރިއޯޑަރ ކުރައްވާ ޓީވީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގައި ލިބިވަޑައިގަންނަވާނޭކަމުގައި ރެޑްވޭވުން މަޢުލޫމާތު ދެއްވައެވެ.
ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ހައިސެންސް ޓީވީގެ ތެރޭގައި ލެޑް ހެޗްޑީ، ފުލްއެޗްޑީ އަދި ޔޫލެޑް ޔޫއެޗްޑީގެ އިތުރުން ލޭޒަރ ޓީވީ ހިމެނެއެވެ. އެގޮތުން 32އިންޗި އާއި 100އިންޗީގެ ދެމެދުގެ ސައިޒުގެ ހައިސެންސް ޓީވީ ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހައިސެންސް ޓީވީ ރެޑްވޭވުން ލިބިވަޑައިގަންނަވާނީ އެއް އަހަރު ދުވަހުގެ ވޮރަންޓީއާއި އެކުއެވެ. އަދި ހައިސެންސް ޓީވީގެ ފުލްސާރވިސް ރެޑްވޯވުން ފޯރުކޮށްދޭގޮތަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރެޑްވޭވްގެ ހައިސެންސް ޝޯރޫމެއް ވަރަށް އަވަހަށް ހުޅުވިގެންދާނޭކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ.