ޑީއައިކަޕް 2019 : ކެންދޫ ބަލިކޮށް އޭދަފުށި ސެމީއާ ގާތަށް

78346392_2438622279759102_1571695118207942656_o.jpg

ފޮޓޯ :ޑީއައި ކަޕް 2019 -އެފްބީ

ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަދު 4-0 އިން ކެންދޫ ޓީމު ބަލިކޮށް އޭދަފުށި މެޗު ކާމިޔާބު ކޮށްފި އެވެ. މިމެޗުން މޮޅުވުމާއެކު އޭދަފުށި މިހާރު ވަނީ ސެމީ ފައިނަލާ ގާތަށް ޖެހިލާފަ އެވެ

ދޮންފަނު ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގައި މިއަދު އޭދަފުށީ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ އަލީ ނަސީމު ދެ ލަނޑާއި މިމްރާހު އަބްދުލް އަޒީޒު އާއި މުހައްމަދު ހައްމާދު އެވެ. މެޗިުގެ މޮޅު ކުޅުންތެރިއަކަށް ހޮވާފައިވަނީ އޭދަފުށީ ޓީމުގެ އުނައިޝް ޒުބައިރު އެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ވާދަކުރާ ދެޓީމަކީ ދޮންފަނާއި ދަރަވަންދޫ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top