ބ.ގޮއިދޫ ވަލުތެރެއިން ފަލަ އުނި ދަނޑިތަކެއް ކެނޑި މީހަކު ފަނަރަސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާއިން ފުރަތަމަ ފަހަރަށް ޖުރުމަނާކޮށްފިއެވެ.
ގޮއިދޫ ކައުންސިލުން ބުނީ ފަލަ، ފަސް އުނި ދަނޑި ކަނޑައިގެން ޖުރިމަނާކުރީ އެރަށުގައި މަސައްކަތްކުރާ ބަންގްލަދޭސް ރައްޔިތެއްކަމަށެވެ. ކައުންސިލުން ބުނީ ދެވަނަ ފަހަރަށް މިފަދަ އަމަލެއްކޮށްގެން އެރަށުގައި ފަހުގެ ތާރީހެއްގައި ޖޫރިމަނާކުރި މިއީ ފުރަތަމަ ފަހަރުކަމަށެވެ.
ގޮއިދޫ ކައުންސިލުގެ ރައީސް އަހުމަދު އާމިރު އީވީއަށް ވިދާޅުވީ ޖޫރިމަނާ ކުރި މީހާއަކީ މިފަދަ އަމަލުތައް ތަކުރާރުކޮށް ކުރަމުންއައި މީހެއްކަމަށާ، މީގެ ކުރިންވެސް އޭނާއަށް އެކން ނުކުރުމަށް ނަސޭހަތްދީ އިންޒާރުވެސް ދީފައި ވާނެކަމަށެވެ.
“ވަރަށް އާއްމުކޮށް މިފަދަ އަމަލުތައް ހިންގަމުން އަންނަ މީހެއް އެއީ. ވަރަށް ގިނަ ފަހަރު ނަސޭހަތްދެވި އިންޒާރު ދިނުމަށްފަހު ޖޫރިމަނާއަކަށް މިދިޔައީ އިއްޔެ. މިފަހަރު ވަލުން ކަނޑާފައިހުރީ ވަރަށް ފަލަ އުނިދަނޑި ތަކެއް. މީ ކައުންސިލުން މަނާ ކޮށްފައިވާ ކަމެއް”
އާމިރު ވިދާޅުވީ މަދުފަހަރެއްގައި ނޫނީ މިފަދަ އަމަލުތައް ނުފެންނަ ކަމަށާ، ޖޫރިމަނާއާ ގުޅިގެން މިކަމަށް އާއްމުން ސަމާލުވާނެކަމަށް އުއްމީދުކުރާކަމަށެވެ.
100 ހެކްޓަރަށްވުރެ ބިން ބޮޑު ގޮއިދޫގެ މީހުން ދިރިއުޅެނީ ވިއްސަކަށް ހެކްޓަރު ސަރަހައްދެއްގައެވެ. ބާކީ ބަޔަކީ ގަސް ބޯ ޖަންގަލި ސަރަހައްދެކެވެ.