ބ.އަތޮޅަށާ އޭދަފުއްޓަށް ޚިދުމަތްތަކެއް ކުރައްވާފައިވާ އޭދަފުށީ ހުވަނދުމާގޭ ޒަކަރިއްޔާ އަލީ89އ. ނިޔާވެއްޖެއެވެ.
ޒަކަރިއްޔާ އަލީ ނިޔާވެފައިވަނީ މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއްގައި އުޅުއްވުމަށްފަހު ރޭ ފަތިހު 4ޖަހާ އެހާކަށްހާއިރު އައިޖީއެމް ހޮސްޕިޓަލުގަ އެވެ.
ޒަކަރިއްޔާ އަލީގެ ޚިދުމަތްތަކަށް ބަލާއިރު ބ.މާއްޑޫ މީހުން އޭދަފުއްޓަށް ބަދަލު ކުރުމުގެ ކުރިން އެރަށަށް ތައުލީމު ފެތުރުއްވުމަށް ކުރެއްވި މަސައްކަތް ފާހަގަ ކުރެވެއެވެ. ހަމައެއާއެކު އޭދަފުށީ ރައްޔިތުންގެ ވިޔަފާރިގެ ހިންގުމުގައާއި އޭދަފުށީގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި އޭނާވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ.
މަރުހޫމްގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ނަމާދަށް ފަހު މާލޭގެ މަސްޖިދު ތަޢާވުން (އާސަހަރާ މިސްކިތް) ގައެވެ.
އީވީގެ ފަރާތުން މަރްހޫމް ޒަކަރިއްޔާ އަލީގެ ފުރާނަ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރަމުއެވެ. ޒަކަރިއްޔާ އަލީގެ އާއިލާއަށް ލިބުނު ހިތާމައިގާ ބައިވެރިވެ އާއިލާއަށް ތައުޒިޔާ ކިޔަމުއެވެ