އިންޓަ އޮފީސް ފުޓްސަލް ޗެލެންޖު ދިރާގުން ކާމިޔާބު ކޮށްފި

67235067_868411800196541_4831323735342448640_n.jpg

ދިރާގު ،ކާމިޔާބީގެ އުފަލުގައި -ފޮޓޯ :އިންޓަރ އޮފީސް ފުޓްސަލް ޗެލްންޖް 2019 އެފްބީ

އޭދަފުށީ ޔޫތު ޑިވެލޮޕްމަންޓް ޖަމިއްޔާއިން ރަށު ކައުންސިލާ ގުޅިގެން ބޭއްވި އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް މުބާރާތް ، ދިރާގުން ކާމިޔާބު ކޮށްފިއެވެ. ފައިނަލުގައި އުރީދޫ ބަލިކޮށް ދިރާގުން މި މުބާރާތުގެ ފިރިހެން ޑިވިރަންގެ ޗެމްޕިއަންކަން ކާމިޔާބު ކޮށްފައިވަނީ 4-5ގެ ނަތީޖާއިންނެވެ.

މިމެޗުގައި ދިރާގަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ އަބޫބަކުރު ދެ ގޯލާއެކު މިމްރާހު އަބްދުލް އަޒީޒު އާއި އަބްދުﷲ ޝަރީފު އަދި މުހައްމަދު ޖައިލަމް އެވެ. އުރީދޫގެ ހަތަރު ލަނޑު ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަބްދުﷲ ޒައީމް ދެ ގޯލުގެ އިތުރުން އަޝްހަމްއާއި ފާސިރު އެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ދިރާގުގެ އަބްދުއްސަލާމް ހާމިދު، މިމްރާހު އަބްދުލްއަޒީޒު، ޒާޖިލު އަލީ ގެ އިތުރުން އުރީދޫގެ މުހައްމަދު ފާސިރު އާއި އަބްދުﷲ ޒައީމެވެ.

އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ކޮޕްސް ބީ ޓީމުންނެވެ. ފައިނަލުގައި ހޮސްޕިޓަލް ޓިމާ ވާދަކޮށް ކޮޕްސް ބީ ޓީމު މުބާރާތް ކާމިޔާބު ކޮށްފައިވަނީ ން ވަނީ 3-2 އިން ހޮސްޕިޓަލް ބަލި ކުރުމަށް ފަހުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޮޕްސް ބީ ޓީމުގެ އައިޝަތު ޝަމްހާ އެވެ.

އަންހެން ޑިވިޝަނުގެ މޮޅު ހަތަރު ކުޅުންތެރިންނަށް ހޮވިފައިވަނީ  ކޮޕްސް ބީ ޓީމުގެ ޖުނެއިނާ ޖާދުﷲ، އައިޝަތު ޝަމްހާ، ލިއުޝާ ޙުސައިން، އަދި އަތޮޅު ހޮސްޕިޓަލުގެ މައުނާ އަބްދުލް އަޒީޒު އާއި އައިޝަތު ރީމާ އެވެ. އެންމެ ގިނަ ލަނޑު ޖެހީ ކޮޕްސް ބީގެ ޖުނައިނާ ޖާދުﷲ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top