މީޑިއާނެޓްގެ ޚިދުމަތް މެދުކެނޑިއްޖެ

އޭދަފުށީ ކޭބަލް ނެޓް މެދުވެރިކޮށް އޭދަފުށީގައި ކޭބަލް ޓީވީގެ ޚިދުމަތް ދެމުން އަންނަ މީޑިއާނެޓުން ދޭ ޚިދުމަތް މިއަދު މެންދުރު ފަހުގެ ދޭއްޖެހުމުގެ ފަހުން އޭދަފުށީގެ އިތުރުން މުޅި ރާއްޖެއިން ވެސް މެދު ކެނޑިއްޖެއެވެ.

މި ޚިދުމަތް މުޅި ރާއްޖެއިން ކެނޑެން ދިވާވީ މާލޭގައި ހުންނަ މީޑިއާނެޓްގެ ހެޑްއޮފޯސް ހުންނަ ސަރަހައްދުން ކަރަންޓު ކެނޑުމުން ކަމަށް މީޑިއާނެޓުން ބުނެއެވެ.

މީޑިއާނެޓްގެ ހިދުމަތް ކެނޑިފައިވާތާ މިހާރު ދެގަޑިއަށްވިރެވެސް ގިނަވެފައިވާއިރު މީޑިއާނެޓްގައި މިފަދަ ހާލަތުގައި ބޭނުންކުރުމަށް ބެކަޕް ޖެނެރޭޓައެއް ބެހެއްޓުމުގެ ހުއްދަ ނެތިުމުން ބޭނުންކުރަނީ ޔޫޕީއެސް ތަކެވެ. 

މީޑިއާނެޓް ހުންނަ ސަރަހައްދަށް ކަރަންޓް ލިބޭނެކަމަށް ވަނީ މިއަދު 17:00 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top