ހިތާދޫގައި އަނބުގަހަކުން ވެއްޓި އަނިޔާވި މީހާ އަދިވެސް އައިސީޔޫގައި

large_155241985127t3oa.jpg

ހިތާދޫގައި އަނބުގަހަކުން މީހަކު ވެއްޓުނު ސަރަހައްދު -ފޮޓޯ /ހިތާދޫ އޮންލައިން

ހިތާދޫގައި މީގެ ދެ ހަފްތާ ކުރިން ބ. ހިތާދޫގައި އަނބު ގަހަކުން ވެއްޓިގެން އަނިޔާވި 53 އަހަރުގެ އަހުމަދު ހުސައިން އަށް އަދިވެސް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ.

އަހުމަދު ހުސައިންގެ ދަރިފުޅު އަހުސަން އަހުމަދު “ސަން”އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ބައްޕައަށް މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައި ކަމަށެވެ.

އއަހއިޖީއެމއއެޗެގައި މިހާރު ފަރުވާހޯފަދަމުން އަންްނަ އަހުމަދު ހުސެންގެ ދަރިފުޅު ބުނީ ބައްޕަ އަށް އެންމެ ފުރަތަމަ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މީގެ ތިން ދުވަސް ކުރިން އައިޖީއެމްއެޗަށް ބަދަލުކޮށްފިކަމުގައެވެ.

” އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް ސްޓްރޯކެއްވެސް ޖެހި މިހާރު އެއްފަޅި ވާގި ނެތިފައި އޮތީ. މިހާރުވެސް އައިސީޔޫގައި ފަރުވާދެނީ،” އަހުސަން ބުންޏެވެ.

އަހުސަން ބުނީ ބައްޕަ ވެއްޓުނު އަނބުގަހާ ބިމާ ދޭތެރޭ 30 އަކަށް ފޫޓް ހުންނާނެ ކަަމަށެވެ. އަދި އޭނާ ވެއްޓުނީ އަނބުގަސް ކުރިމަތީގައި ހުރި ޖަންކްޝަނެއްގެ މައްޗަށް ކަމަށް ވެސް އަހުސަން ބުންޏެވެ.

އެ ހާދިސާގައި އަހުމަދު ހުސައިންގެ ދެ ލޮލަށް ލޭއެޅި އެއް އަތް ބިންދައިގެން ގޮސް އަދި ނާށިގަނޑުގައި ވަނީ ރެނދުލައިފައެވެ.

“ދެ ލޮލަށް ބޭސް އަޅައި ހަދައިގެން އޭގެ ތިން ދުވަސް ފަހުން ލޮލަށް ފެންނަން ފެށީވެސް. މިހާރު ހޭ އަރައިފި. ދެން ކޮންމެވެސް ވަރަކަށް ކިޔާ އެއްޗެތި އެނގޭ.” އަހުސަން ބުންޏެވެ.

އަހުސަން ބުނީ އެ ހާދިސާގައި ސީ އެމްބިއުލެންސް އައުން ލަސްވުމުން ބައްޕަ މާލެ ގެނައީވެސް އަމިއްލަ ހަރަދުގައި ކަމަށާ ބައްޕައަށް އަދިވެސް އާސަންދަ ހަމަނުޖެހޭކަމަށް އޭނާ ބުންޏެވެ.

“ހިތާދޫ ހެލްތު ސެންޓަރުން އާޖެންޓް ޖަހާފަ ނެތީމަ އާސަންދަ ނުލިބޭ. ހިތާދޫ ހެލްތު ސެންޓަރުން ބުނަނީ އެހެން ނުޖެހީ މަޑުނުކޮށް ދިޔައީމަޔޭ،” އަހުސަން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top