ވިހެއުމާ ގުޅިގެން އަންހެނުންނަށް 6މަސްދުވަހުގެ ޗުއްޓީ

big_od2RHkzuzqfqxSz3uz9pqS65Z.jpg

ރައީސް މާފުށީގައި. - ފޮޓޯ :އަވަސް /އަހްމަދު ޝުރާއު

ސަރުކާރުގައި ވަޒީފާ އަދާ ކުރާ އަންހެނުން ވިހެއުމާ ގުޅިގެން މުސާރަ އާއެކު ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް، ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާނު ކުރައްވާފައިވަނީ މިއަދު އޮތް އަންހެނުންގެ ދުވަހުގެ ޖަލްސާގައި ވާހަކަދެއްކެވުމުގެ ތެރޭގައެވެ.

ރައިސް އިތުރަށް ވިދާޅުވީ، ސިވިލް ސާވިސްގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނަށްވެސް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވްވެސް މުސާރައާއެކު މިއަދުން ފެށިގެން ލިބިގެންދާނެ ކަމަށެވެ. އަދި ހަމަސް ނުވާ ދަރިން ތިބިނަމަ އެކުދިންގެ އުމުރުން ހަމަސް ވަންދެން ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެކުދިންގެ މައިންބަފައިންނަށް އެސިޔާސަތުގެ ދަށުން ޗުއްޓީ ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މުސާރަ ހިނގާ ގޮތަށް މެޓާނިޓީ ލީވްއާއި ޕެޓާނިޓީ ލީވް ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top