100ދުވަހުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ :މިނިސްޓަރ ނަހުލާ

big_7rQh3UPiYmNhCnIM3plEYUzby-1.jpg

މަންތާ އެއަރ ގެ ބޯޓެއް ހުޅުލޭ ވައިގެ ބަނދަރުގައި

އެތެރޭގެ އުދުހުންތަކުގެ އަގު މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުޑަވެގެންދާނެކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ތިރިކުރާނެކަމަށް ރައީސް ސޯލިހްވަނީ އެމަނިކުފާނުގެ ރިޔާސީކެމްޕޭންގެ ތެރޭގައި ވިދާޅުވެފަ އެވެ.

ދުނިޔޭގެ ސިވިލް އޭވިއޭޝަން ދުވަހާއި ގުޅިގެން އިއްޔެ ނެރުނު ބާޔާނެއްްގައި މިނިސްޓަރ އައިޝާ ވިދާޅުވީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި އެތެރޭގެ އުދުހުން ތައް އަގުހެޔޮ ކުރުމާއި، ދަތުރުފަތުރުގެ ނިޒާމާއި ގުޅޭ ބައެއް ވައުދުތައް ފުއްދޭނެކަމަށެވެ.

ރާއްޖޭގެ ގައުމީ އެއާލައިންއިން “މޯލްޑިވިއަން” ރާއްޖޭގެ އެއާޕޯޓް ހުރި ހުރިހާ މަންޒިލަކަށް ދަތުރުކުރާއިރު، އެ އެއާލައިނުން ވިއްކާ ޓިކެޓްތަކުގެ އަގު ބޮޑުވެގެން އެކަމުގެ ޝަކުވާ ކުރެއެވެ. އެހެންވެ އެކަމަށް ހައްލެއް ގެނައުމަށް ރާއްޖެ ތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮ ކުރުމަށް ރައީސް ސޯލިހު ނިންމެވުމުން ގިނަ ބަޔަކު ދަނީ އެކަމަށް އުފާ ކުރަމުންނެވެ.

މިހާރު ރާއްޖޭގެ އުދުހުންތަކުގައި މޯލްޑިވިއަންގެ އިތުރުން ހަރަކާތްތެރިވަމުން އަންނަނީ މިނިސްޓަރ ނަހުލާގެ ފިރިކަލުންގެ ވިލާ އެއަރއިންނެވެ. މި ދެ އެއަރލައިންގެ އިތުރުން މަންތާ އެއަރގެ ދަތުރުތައް މި މަހު ފެށުމުގެެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ކުރެވެމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top