ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަދު ހަވީރު އޭދަފުށި ކުޅުނު ފުރަތަމަ މެޗުގައި ކަމަދޫއާ ވާދަކޮށް 2-0 އިން އޭދަފުށި މޮޅުވެއްޖެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި އޭދަފުށި ޖެހި ލަނޑު ޖަހާފައިވަނީ މެޗުގެ 32 ވަނަ މިނިޓްގައި އަލީ ނަސީމުއެވެ. އޭދަފުށި ލީޑުގައި އޮވެ ދެވަނަ ހާފް ފެށިގެން ނިމުމަކާ ހަމައަކަށް އައިރުވެސް އިތުރު ލަނޑެއް ދެޓީމަށްވެސް ނުޖެހި އުޅެނިކޮށް މެޗު ނިމެން ކައިރިވެފައިވަނިކޮށް އޭދަފުށީގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ރަޒާން ރަޝީދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވާފައިވަނި އޭދަފުށީ ޓީމުގެ އަހްމަދު ތަސްނީފެވެ.
މި މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުން މާޅޮސް އަތުން ދޮންފަނު ވަނީ 4-0 އިން މޮޅުވެފަ އެވެ.
ބ. އަތޮޅުގެ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި މިއަހަރު 8 ރަށުން ވާދަ ކުރެއެވެ.
ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީ ތެރޭގައި ކުޅޭ ދޮންފަނު މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ވާދަ ކުރުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ އާއި ކިހާދޫއާ އެވެ.
ދޮންފަނު ޒުވާނުންގެ ރޫހުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތް ކުރިއަށް ގެންދަނީ ދޮންފަނުގައެވެ.