ޑިންގީއެއްގެ ބުރަފަތިން ޖެެހި ތުޅާދޫ މީހަކަށް އަނިޔާ ވެއްޖެ

maxresdefault-1.jpg

މަލަހިނި ކުޑަ ބަނޑޮސް ރިސޯޓް

ޑިންގީއެއްގެ ބުރަފަތިން ޖެހި މަލަހިނި ކުޑަބަނޑޮސް ރިސޯޓުގައި މަސައްކަތް ކުރާ ތުޅާދޫ ޒުވާނަކަށް އަނިޔާ ވެއްޖެއެވެ.

މިއަދު އިރުއޮއްސި 6:40 ހާއިރު ހިނގި މިހާދިސާގައި ބ.ތުޅާދޫ ބަގީޗާގޭ އުމަރު ހަސަން އަށް އެ އަނިޔާތައް ލިބިފައިވަނީ އެ ރިސޯޓުގެ ފަޅުތެރޭގައި އިންޖީނު ސްޓާޓުކޮށްފައި އޮއްވާ، މޫދަށް ވެއްޓި ބުރަފަތީގައި ޖެހިގެން ނެވެ.

ބައެއް މީޑިއާ ތަކުން ބުނާގޮތުގައި ޑިންގީގެ ބުރަފަތީގައި ޖެހި އުމަރު ހަސަންގެ ފައި ވަރަށް ބޮޑަށް ކަފައިގެން ދިއުމުން ފައިގެ ބައެއް ކަށިތައް ވެސް ހުރީ ފެންނާށެވެ. ފައިގެ އިތުރުން އޭނާގެ ބަނޑަށް ވެސް ވަނީ އަނިޔާތަކެއް ލިބިފައެވެ. އެ އަނިޔާތަކާއެކު އޭނާ ޑިންގީއަށް އަރާފައިވަނީ ވެސް އަމިއްލައަށެވެ.

އެ ހާދިސާއާ ގުޅިގެން އުމަރު ހަސަނަށް ފަރުވާ ދިނުމަށް މިރޭ 7:00 ހާއިރު އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާ ވަޒީފާ އަދާކުރަމުން އަންނަ މަލަހިނި ކުޑަބަނޑޮސް ރިސޯޓުގެ ފަރާތުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top