ޕީޕީއެމްގެ ސައިޒް ދައްކާ ޖަލްސާ އަންގާރަ ދުވަހުގެ ރެއަށް ފަސްކޮށްފި

41695110_1228666123940187_7893431238940164096_n.jpg

ޕީޕީއެމްގެ ޖަލްސާ އެއް

ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ރަސްމީ ސައިޒް ދެއްކުމަށް މާލޭގައި ބާއްވާ ބޮޑު ޖަލްސާ އަންގާރަ ދުވަހުގެ ރެއަށް ފަސް ކޮށްފިއެވެ.

ޕީޕީއެމްއިން “ރަސްމީ ސައިޒު” ދައްކައިދޭ ޖަލްސާ ގެ ނަމުގައި ބާއްވާ މި ޖަލްސާ ބޭއްވުމަށް ކުރިން ނިންމާފައިވަނީ ހޯމަ ދުވަހުގެ ރެއަށެވެ. އެކަމަކު އަންގާރަ ދުވަހުގެ ރެއަށް ޖަލްސާ ފަސްކޮށްފައިވަނީ ޕާޓީގެ ގިނަ އަދަދެއްގެ ބައެއްގެ އެދުމުގެ މަތިން ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދުވަނީ ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކުން ބޮޑު ޖަލްސާއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާ މިހާރު ވެސް އެ ޖަލްސާއަށް ގިނަ ރަށްރަށުން މާލެއަށް އައިސްފައިވާ ކަމަށެވެ.

ޕީޕީއެމްއިން ކުރިން ވިދާޅުވެފައިވާ ގޮތުގައި މި ޖަލްސާގައި ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ މެނިފެސްޓޯ އާންމު ކުރުމަށް ހަމަޖެހިފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top