ލަނޑާ ގިރާވަރުގައި ވެލައަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

big_V9wif1V9jB1xXplCpriRQOwOg.jpg

ތިން މަސްދުވަސް ވަންދެން ފަރުވާ ދިނުމަށްފަހު ވެލާ ދޫކޮށްލަނީ - ފޮޓޯ :ކަރްލާ ކްރިފްސް/ސީއެންއެން

ބ.އަތޮޅު ލަނޑާގިރާވަރުގައި ހިންގާ ފޯސީޒަން ލަނޑާގިރާވަރު ރިސޯޓުގައި ވެލައަކަށް ފަރުވާ ދިނުމަށްފަހު ކަނޑަށް ދޫކޮށްލައިފިއެވެ.

އެ ރިސޯޓުގައި ހުންނަ ވެލާ ރިހެބިލިޓޭޝަން ސެންޓަރަށް ވެލާ ގެނައީ މަސް ބާނަން ގެންގުޅޭ ދާގަނޑެއްގެ ތެރޭގައި އޮޅި ތާށިވެ މަރުވާން ކައިރި ވެފައި އޮއްވައި ފެނިގެންނެވެ.

މި ވެލާއަށް އެމީހުން ދިން ނަމަކީ “އީވީ” އެވެ. ރިހެބިލިޓޭޝަން ސެންޓަރަށް އީވީ ގެންދިޔައިރު އޭގެ  ތޮށިތަކާއި ދެ ފިޔައެއް އޮތީ ހަލާކުވެފަ އެވެ. ނަމަވެސް ތިން މަސް ދުވަސްވަންދެން ފަރުވާކޮށް އީވީއަށް އަލުން ފަތާށާއި ޑައިވްކުރުމަށް އެމީހުން ދަސްކޮށްދިނެވެ.

ރަނގަޅުވުމުން އެމީހުން އީވީ ކަނޑަށް ދޫކޮށްލީ އީވީގެ ތޮށިގަނޑުގައި ކުޑަ ސެޓްލައިޓް ޓްރެކިން ޑިވައިސްއެއް ހަރު ކުރުމަށްފަހުގަ އެވެ. އެ ޑިވައިސްއިން އެނގުނު ގޮތުގައި އެއް ދުވަސް ތެރޭގައި އީވީ ވަނީ 15 ކިލޯމީޓަރު (9.3 މޭލު) ދުރަށް ދަތުރުކޮށްފަ އެވެ.

މޫދު ވެލާގެ ރިހެބިލިޓޭޝަން ސެންޓަރަކީ ލަނޑާ ގިިރާވަރުގައި ހުންނަ މެރީން ޑިސްކަވަރީ ސެންޓަރުގެ ދަށުން ހިންގާ ތަނެކެވެ. އީވީއަކީ އެތަނުން ފަރުވާކުރި 170 އަށްވުރެ ގިނަ ވެލާތަކުގެ ތެރެއިން އެއް ވެލާ އެވެ. މި ސެންޓަރު ހިންގަނީ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ރާއްޖޭގެ ގްރޫޕެއް ކަމުގައިވާ ރީފް ސްކްރެޕާސް އާއި ގުޅިގެންނެވެ.

ވެލައަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ކަނޑުގެ ދިރުމެކެވެ. ދިވެހި ކަނޑުތަކުން މި ދިރުން ނެތެމުން ދާތީ އެ ކަމަށް އިސްކަން ދިނުމުގެ ގޮތުން ހިމާޔަތްކޮށް ވެލާ މަސް ކެއުމާއި ވެލާ ބިސް ނެގުން ވެސް އޮންނަނީ މަނާކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top