ރޯޔަލް ޓީމް ބަލިކޮށް ފިނޮޅު ރިސޯޓް މޮޅުވެއްޖެ

DSCN3194-1.jpg

29ޖުލައި - ޓީމް ރޯޔަލް އާއި ފިނޮޅު ރިސޯޓް ބައްދަލު ކުރި މެޗް

ރިސޯޓް ތަކަށް ހުޅުވާލައިގެން އޭދަފުށީ ޒުވާނުންގެ ކްލަބްގެ ފަރާތުން އޭދަފުށީގައި ބާއްވަމުން އަންނަ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ މިއަދުގެ މެޗު 2-1 ން ޓީމް ރޯޔަލް ބަލިކޮށް ފިނޮޅުރިސޯޓް ކާމިޔާބު ކޮށްފިއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފްގައި ފެށިގެން އައިއިރު ދެޓީމްވެސް ކުޅެމުން ދިޔައީ ފޯރިއެއް ނެތް ކުޅުމެކެވެ. ނަމަވެސް ފުރަތަމަ ލަނޑު މެޗުގެ 27ވަނަ މިނިޓްގައި ޓީމް ރޯޔަލްގެ ޖާޒީ ނަންބަރު 21 ، އުބައިދުﷲ އަބްދުﷲ ކާމިޔާބު ކުރުމާއެކު ފިނޮޅު ޓީމްވެސް ލަނޑެއް ޖެހޭތޯ މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ. ނަތީޖާއަކީ ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗްގެ 40ވަނަ މިނިޓްގައި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނު ފިނޮޅު ޓީމުގެ 19 ނަންބަރު މުހައްމަދު ރީހާން ލަނޑެއް ޖަހައި މެޗް އެއްވަރު ކުރުމުވެ.

ދެވަނަ ހާފް ފެށުމާއެކު ދެޓީމްވެސް ފެނުނީ އިތުރު ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ބަދަލު ކުރުމަށް މަސައްކަތް ކުރަމުން ދާތަނެވެ. އެގޮތުން  މެޗުގެ 60 ވަނަ މިނިޓްގައި ފިނޮޅުގެ 30 ނަންބަރު ، އަހުމަދު ނިޒާމް ލަނޣެއް ޖަހައި ފިނޮޅު ޓީމްގެ ހާސްކަން ކަނޑުވާލިއެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް އޭދަފުށީ ރަސްމީ ދަނޑުގައި އޮންނާނެއެވެ. ބައްދަލު ކުރާނީ ދުސިތު ތާނީ މޯލްޑިވްސް އާއި އަމިއްލަފުށި ރިސޯޓެެވެ. މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:15 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top