މާރެސް ވޮލީ މުބާާރާތް : ދަރަވަންދޫ އަތުން އޭދަފުށި މޮޅުވެއްޖެ

IMG-51b5c295fde1ffa1f5f54f984a1a1d9e-V.jpg

ކްލަބް އޭދަފުށި ވޮލީ ޓީމް

މިހާރު ބ.މާޅޮހުގައި ކުރިއަށް ގެންދާ މާރެސް އަތޮޅު ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގައި އޭދަފުށި ކުޅުނު ދެވަނަ މެޗުގައި ދަރަވަންދޫއާ ވާދަކޮށް އޭދަފުށި މޮޅުވެ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

އިއްޔެގެ މެޗުން އޭދަފުށި މޮޅުވީ 3-1 ސެޓުންނެވެ. ސެޓުތައް ގެންދިޔައީ 23-25، 25-14، 19،25 އަދި 23-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވާފައިވަނީ ދަރަވަންދޫ ޓީމުގެ އައިމިނަތު މައުރޫޝާ އެވެ.

މުބާރާތުގެ ފިރިހެން ބައިގައި ރޭ ކުޅުނު ދަރަވަންދޫ އާއި މާޅޮހުގެ މެޗުން މޮޅުވެފައިވަނީ މާޅޮހެވެ. މި މޮޅާއެކު މާޅޮސްވެސް ސެމީއާ ހަމައަށް އައީއެވެ.  މި މެޗުގެ ސެޓުތައް ދިޔައީ 2517-25، 15-25 އަދި 25-27 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މާޅޮސް ޓީމުގެ އަލީ ވިޝާމު އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ އަންހެން ބައިގެ ސެމީގައި އޭދަފުށި ބައްދަލުކުރާނީ މާޅޮހާ އެވެ. ފިރިހެން ބައިގެ ސެމީ ގައިމިރޭ މާޅޮސް ނުކުންނާނީ ކުޑަރިކިލާ ދެކޮޅަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top