ފޮޓޯއިން ހަބަރު: މައި ބަހިއްޔާ ޕްރީ ސްކޫލް ރަސްމީކޮށް ހުޅުވުން

DSCN1460.jpg

މައިކޮލެޖްގެ ސީއީއޯ މުސްތާކީ މިއަދު މައި ބަހިއްޔާ ޕްރީ ސްކޫލް ހުޅުވުމުގެ ގޮތުން ރެބަންފަށް ކަނޑުއްވާލައްވަނީ / ފޮޓޯ: އޭދަފުށީ ވޮއިސް

ބ. އޭދަފުށި، (17 ޖަނަވަރީ 2018):- އޭދަފުށީގައި މައި ކްލެޖްގެ ފަރާތުން ހިންގަމުންއަންނަ މައި ބަހިއްޔާ ޕްރީ ސްކޫލް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މިސްކޫލް ހުޅުއްވައިދެއްވީ މައިކޮލެޖްގެ ސީއީއޯ އަހްމަދު މުސްތަކީއާއި، އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން އަދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީއުއެވެ. މިއަދުގެ ރަސްމިއްޔާތުގައި ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިން ބައިވެރިވިއެވެ.

ސްކޫލް ހުޅުވުމަށްފަހު ސްކޫލް ދަރިވަރުންގެ ސްޓޭޖް ހަރަކާތްތަކާއި، ސްކޫލްގެ ކޭކުފެޅުން އަދި ރަސްމިއްޔާތުގެ ބައިވެރިންނަށް ސައިފޮދެއްއޮތެވެ.

އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލް މައިކޮލެޖްގެ ދަށުން ހިންގުމަށް އެކޮލެޖާ، އޭދަފުށީ ކައުންސިލުން ހަވާލުކުރީ މިއަހަރުއެވެ.

ފޮޓޯތައް: އޭދަފުށީ ވޮއިސް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top