އޭދަފުށީގެ ތައުލީމާ އިގްތިސާދަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އޭދަފުށީ ކުޑައަލިބޭ އާއިލާގެ އެއް ތަނބު ކަމުގައިވާ އޭދަފުށީ ގާދޫ ހުސެއިން އަލީ (ކުޑައަލީ ހުސޭނު ) 81 އަހަރުގައި މިއަދު ހެނދުނު ހަތެއްޖަހާކަށް ހާއިރު މި ދުނިޔެ ދޫކުރައްވައި އާޚިރަތަށް ދަތުރު ކުރައްވައިފިއެވެ.
ހުސޭން އަލީ ނިޔާ ވެފައިވަނީ ބަލިވެއުޅުއްވާތާ ގިނަދުވަސްތަކެއް ވުމަށްފަހު ހާލު ބޮޑުވެގެން މިއަދު ފަތިހު ބ.އަތޮޅު ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރު ކޮޅެއްގެ ތެރޭގައެވެ.
ހުސޭނު އަލީއަކީ އާއިލާގެ ވިޔަފާރިއާ ކަނޑު އުޅަނދުތައް ދުއްވުމުގައި އުމުރުގެ ބޮޑުބައި ހޭދަކުރައްވާފައިވާ ދީލަތި ހިތެއްގެ ވެރިއެއްކަމުގައި ގިނަ ބަޔަކު ފާހަކަކުރެއެވެ.
ހުސޭން އަލީ ނިޔާވިއިރު އަނބިކަނބަލަކާ ހަ ދަރިންގެ އިތުރުން ހަ ކާފަދަރިން އެބަތިއްބެވެ. ހުސޭންއަލީގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުން އޮތީ މިއަދުގެ ހުކުރު ނަމާދަށް ފަހު އޭދަފުށީ ބޮޑު މިސްކިތުގައެވެ. މި ކަށުނަމާދުގައި ވީހާ ގިނަބަޔަކު ބައިވެރިވެދެއްވުމަކީ އެއާއިލާގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެކެވެ.
ހުސޭން އަލީ ނެތުމުގެ ހިތާމަ މުޅި އާއިލާއިން ކުރަމުންދާ މި ދަނޑިވަޅު އެއާއިލާއަށް އީވީގެ ފަރާތުން އިޚްލާސްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަނީ އެ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރަމުންނެވެ.