ކިހާދޫގެ މަގުތަކަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ގަވާއިދެއް އެކުލަވާލައިފި

ކިހދު.jpg

ކިހާދޫ

ކިހާދޫ މަގުތަކަކީ އަމާން އަދި ސާފު ތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް ކިހާދު ކައުންސިލްގެ ފަރާތުން ގަވާއިދެއް އެކުލަވާލައި އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފިއެވެ.

ކިހާދޫ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނެއްގައި ވާގޮތުން މިމަހުގެ 31ގެ ކުރިން ގޯތިތެރޭގައި އިންދާފައިވާ ރުއްގަހުން މަގުމައްޗަށް ނުކުމެފައި ހުރި އަފިތަކާއި ފަންތައް 10 ފޫޓު މަތިން ކޮށުމާއެކު ފާރުކައިރީގައި މަގުމަތީގައި އިންދާފައިހުރި ކޮޕީގަސްފިޔަވައި ބޮޑެތިވާ ޒާތުގެ ގަސްތައް ނަގަން ޖެހެއެވެ. އެއިއުލާނުގައިވާ ގޮތުން މިފަދަ ތަކެތި މަގުމަތީގެ ފާރުކައިރީގައި އިންދާ ހެއްދުމަކީ މަނާކަމެކެވެ.

ކައުންސިލުގެ އިއުލާނުގައި ރަށުގެ ހަތަރު އަނގޮޅި ކަންމަތީގައި ބަހައްޓާފައި ހުރި ޖޯލިފަތި ތަކާއި  ގޮނޑިފަދަ ތަކެތި ނެގުމަށްވެސް ވަނީ އަންގަވާފައެވެ. މިފަދަ ތަކެތި ހަތަރު އަގޮޅި ކަންމަތީގައި ބެހެއްޓުމަކީ މަނާކަމެއްކަމާއި މަގުމަތީގައި ޖޯލިފަތި ބަހައްޓާނަމަ ކަންމަތިން ފެށިގެން 10 ފޫޓު ދުރުގައި ފާރު ކައިރީގައި ބެހެއްޓިދާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މަގާއި ގޯޅިގައި ބަހައްޓާފއި ހުރި އަމިއްލަ މީހުންގެ ތަކެތި ނެގުމާއި މިފަދަ ތަކެތި މަގުމަތީގައި ބަހައްޓައިގެން މަސައްކަތެއް ކުރަން ބޭނުންނަމަ ކައުންސިލުން ހުއްދަނަގަން ޖެހޭނެކަމާއި ވިޔަފާރި ކުރާ ފަރާތްތަކުންވެސް ކައުންސިލުގެ ހުއްދަ ނެތި މަގުމަތީގައި ތަކެތި ނުބެހެއްޓޭނެކަމަށް އެއިއުލާނުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top