ޑްރައިވިންގ ޓްރެކަށް ބޭނުންވާ ގާ ސަޕްލައިކޮށްދިނުމަށް ބަޔަކާ ހަވާލުކޮށްފި

8da476f72f06a276b1f930cdb28c21f1_XL.jpg

ޓްރެކް ހެދުމަށް ބޭނުންވާ ގާ ސަޕްލައި ކޮށްދިނުމުގެ އެއް ބަސްވުމުގައި ސޮއި ކުރުން - ފޮޓޯ : ބ. އަތޮޅު ކައުންސިލް

އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނު ހެދުމުގެ ގޮތުން ބ.އަތޮޅު ކައުންސިލްގެ ފަރާތުން އޭދަފުށީގައި ތައްޔާރު ކުރާ ޓްރެކްއަށް ބޭނުންވާ ގާ ސަޕްލައި ކޮށްދިނުމަށް ކާށިދޫ ރެޑްސީ ކުންފުންޏާ މިއަދު ހަވާލު ކޮށްފިއެވެ.

މި ކަމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް މަބްރޫކު ނަސީރުއެވެ.  ރެޑްސީ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ނާސިރު ޔޫސުފެވެ.

މިއެއްބަސްވުމުގައި ވާގޮތުން 62 ދުވަހުގެ ތެރޭގައި ޓްރެކްގައި އެތުރުމަށްްްް ބޭނުންވާ 45000 އިންޓަރ ލޮކިންގ ރެކްޓޭންގިއުލަރ ބްލޮކްސް (ޕޭވިންގ ބްލޮކްސް ) ޓްރެކް ހަދަމުން ގެންދާ ސަރަހައްދަށް ގެންގޮސް ނިންމަން ޖެހެއެވެ.

އެކުންފުނިން ބުނީ މިއަދުން ފެށިގެން 20 ދުވަހުގެ ތެރޭގައި 10000 ގާ ގެނެސް ޓްރެކް އަށް ޖަމާކޮށްދޭނެ ކަމުގައެވެ. އަދި އޭގެ ފަހުން މޫސުން ތަންދޭނަމަ ކޮންމެ ހަފްތާއަކުވެސް ދެ ލޯޑް ޖަހަމުން ގޮސް އެއްބަސްވެފައިވާ މުއްދަތުގެ ކުރިން މަސައްކަތް ނިންމޭނެކަމުގެ އުއްމީދު ބޮޑުކަމުގައެވެ.

ޓްރެކް ސަރަހައްދުގައި އަދި ހަމައެކަނި ކުރެވިިފާ މަސައްކަތަކީ އިން ވަކިކޮށް ވަށާފާރު ރޭނުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top