މޫސުން ގޯސްވުމުގެ ސަބަބުން ދަރަވަންދޫ އެއާޕޯޓް ޕްލައިޓްތައް ޑިލޭވަމުންދޭ – އެއާޕޯޓް މެނޭޖަރ

24210007_10155446224828402_1094037420_o.jpg

މޫސުން ގޯސްވުމާގުޅިގެން ބ. ދަރަވަންދޫ އެއާޕޯޓަށް ޖައްސާ އަދި ފުރާ ޕްލައިޓްތައް ޑިލޭވުމުގެ މައްސަލަ ދިމާވަމުން އަންނަކަމަށް އެ އެއާޕޯޓުން ބުނެފިއެވެ.

ދަރަވަންދޫ އެއާޕޯޓް މެނޭޖަރ ނާޒިމް އަބްދުއްސައްތާރު މިރޭ އީވީއަށް ވިދާޅުވީ މިދިޔަ ދެދުވަހުވެސް ގިނަ ފްލައިޓްތަކެއް ފުރުން ނުވަތަ ޖެއްސުން ބައެއް ފަހަރަށް ވަރަށް ބޮޑަށް ލަސްވެފައިވާކަމަށެވެ. ނާޒިމް ވިދާޅުވީ އެމައްސަލަ އަދިވެސް ހައްލުނުވާކަމަށާ، ނަމަވެސް އެއްވެސް ފްލައިޓެއް ކެންސަލް ނުކުރާކަމަށް ނާޒިމް ވިދާޅުވިއެވެ.

“ގިނަ ފްލައިޓްތަކެއް ޑިލޭވަމުން މިދަނީ. ވިއްސާރަވުމާ، ވައިގަދަވެގެން. އެހެންނަމަވެސް އެއްވެސް ފްލައިޓެއް އަދި ކެންސަލް ނުކުރަން. ހިޔެއް ނުވޭ ކުރަންޖެހިދާނެއެކޭވެސް” ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މޫސުން ގޯސްވިނަމަވެސް ފްލައިޓްތަކުން ފުރާ މީހުންނާ، އަންނަ މީހުންގެ އަދަދު މަދުނުވާކަމަށާ، އިތުރަށް ބާރުބޮޑުވާކަން ފާހަގަ ކުރެވޭކަމަށެވެ.

“ވަރަށް ބާރުބޮޑު. ޖާގަ ނުލިބިގެން ގިނަބަޔަކު އުޅޭއެބަ”

ދަރަވަންދޫއަށް އަންނަ އަދި ފުރާ ފްލައިޓްތައް ޑިލޭވުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު ހދ. ހަނިމާދު އަށް މިއަދު ކުރަން ހަމަޖެހިފައިވާ ދަތުރުތައް، އެ އަތޮޅުގެ ސަރަހައްދުގެ މޫސުން ގޯސްވުމުން މެދުކަނޑައިލުމަށް ފަހު، މިރޭ އަލުން ފަށާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ތޫފާނާ ގުޅިގެން އުފެދުނު ބައެއް ވިލާތައް ރާއްޖޭގެ ސަރަހައްދަށް އަރަމުން ދާނެ ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވާރޭވެހި ފެން ބޮޑުވުމުގެ ހާދިސާތައް ހިންގަމުންދާނޭކަމަށެވެ.

މެޓުން ބުނީ އުތުރުގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުގައި 50 މޭލާއި 55 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާ، އެވްރެޖްކޮށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top