ހިލޭލިބޭ ޑާޓާއާއެކު ދިރާގުން އާޕޯސްޓްޕެއިޑް ޕެކެޖްތަކެއް ތައާރަފްކޮށްފި

16681512_1240847769340189_1209340364849327328_n-755x435.jpg

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އޮންލައިން

ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ދެމުން އަންނަ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ދިރާގުން، މި ފަހަރު ޕޯސްޓްޕެއިޑްގެ އާ ޕެކޭޖުތަކެއް ތަޢާރަފްކޮށް ކަސްޓަމަރުންނަށް އެޕެކެޖާއެކު ހިލޭ ލިބޭ ޑާޓާވެސް އިތުރު ކޮށްފިއެވެ.

“ދިރާގު އެކްސްޕީއަންސް” ގެ ނަމުގައި ނޭޝަނަލް އާޓްގެލަރީގައި ގިނަ ކަސްޓަމަރުންނާއެކު ރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން އަބަދު ވެސް ބަލަނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ބަދަލު ގެންނަން ކަމަށެވެ.

އެގޮތުން އަލަށް ތައާރަފްކުރި ޕެކޭޖުތަކުގެ ތެރޭގައި ހިލޭ ގުޅުމާއި މެސެޖު ކުކުރުން ހިމެނެއެވެ. ބައެއް ސޯޝަލް މީޑިޔާގެ އެޕްތައް ބޭނުން ކުރެވުމާއި ރާއްޖެ ބައެއް އެޕްތައްވެސް ހިލޭ ބޭނުން ކުރުމުގެ އިތުރުން ރާއްޖޭން ބޭރަށް ކުރާ ކޯލްތަކަށް 50 ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ. މިގޮތުން ޕޯސްޓް ޕެއިޑް 350 ޕެކޭޖަށް ދެ ޖީބީ ލިބެ އެވެ. އަދި ޕޯސްޓްޕެއިޑް 550 ޕެކޭޖަށް ފަސް ޖީބީ ލިބޭއިރު ޕޯސްޓްޕެއިޑް 750 ޕެކޭޖަށް ދިހަ ޖީބީ ލިބެ އެވެ. އަދި ޕޯސްޓް ޕެއިޑް 1000ރ. ގެ ޕެކޭޖަށް ވިހި ޖީބީ ލިބޭނެ އެވެ. މި ޕެކޭޖުތަކުގައި ވަޓްސްޕާއި ވައިބާ އަދި އިންސްޓްގްރާމްގެ އިތުރުން ޕޭސްބުކް އަދި ސްޓެޕްޗެޓް ބޭނުން ކުރެވެ އެވެ.

މި ޕެކޭޖުތައް އެކްޓިވޭޓް ކުރުމަށްފަހު ލިބޭ ޑޭޓާ އެލަވެންސް ހުސްވުމުން އިންޓަނެޓް ސްޕީޑު ދަށްވެއެވެ. އަދި ބިލަށް އިތުރަށް ޗާޖުވުމުގެ ބަދަލުގައި، ސްޕީޑު ދަށް ކަނެކްޝަނެއްގެ ޚިދުމަތް ހިލޭ ކަސްޓަމަރުންނަށް ލިބިގެންދާއިރު، ކުރީގެ ސްޕީޑުގައި ކަނެކްޝަން ބޭނުންވާނަމަ، އިތުރު ޗާޖަކާއެކު ޑޭޓާ އެޑްއޮން ނުވަތަ ޑޭޓަ ބޫސްޓަރނެގެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top