ޓޫރިޒަމްގެ ކުރިމަގު ފެންނަނީ އުޖާލާ ކޮށް : ސޯނޫ

674_3.jpg

ރާއްޖޭގެ ޓޫރިޒަމް މުސްތަގުބަލު އުޖާލާ ކަމަށާ އެހެންނަމަވެސް ޓޫރިޒަމް ދެމެހެއްޓުމުގައި ދުނިޔެއަށް އާ ތަޖުރިބާތަކާއި ހިޔާލުތައް ގާއިމުކުރުމުގެ މުހިންމުކަން ބޮޑުކަމަށް ބ.އަތޮޅަށް ޓޫރިޒަމް ތައާރަފްކުރި ސޯނޫ ޝިވްދަސާނީ ވިދާޅު ވެއްޖެއެވެ.

ސޮނޭވާފުށީގެ ނަމުގައި ރާއްޖޭގައި ސޯނޫ ފުރަތަމަ ހުޅުވި ލަގްޒަރީ ފެންވަރުގެ ރިސޯޓާއެކު އޭނާވަނީ  ސޮނޭވާ ޗޭނުގެ ދަށުން އިތުރު ރިސޯޓްތަކެއް ހުޅުވައި މިވިޔަފާރީގައި ވަރަށް ބޮޑުތަން ކުރިއަށް ޖެހިލާފައެވެ.

“އަވަސް” އާއި” ނިއުޔޯކް ޓައިމްސް” ގުޅިގެން ނެރޭ “އައިލްސް ” މަޖައްލާއަށް ދިން ޚާއްސަ ބަސްދީ ގަތުމެއްގައި އޭނާ ވިދާޅުވީ ސަރުކާރާ އިދިކޮޅު ބައެއް ފަރާތްތަކުގެ ސިޔާސަތުގެ ސަބަބުން ޓޫރިޒަމަށް ނޭދެވާ އަސަރު ތަކެއް ކުރާ ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރު ތެރޭގައި 15 އަހަރުގެ އަންހެން ކުއްޖަކު ޒިނޭ ކުރިކަމުގެ ކުށް ސާބިތުވެ ހައްދު ޖަހަން ހުކުން ކުރި ކުރުން ފާހަގަ ކުރެއްވިއެވެ. މިކަމުގެ ސަބަބުން ފްރާންސް މާކެޓަށް ވަރަށް ބޮޑަށް އަސަރުކުރިކަމަސް ސޯނޫ ވިދާޅުވިއެވެ.

” އެންމެ ހަފުތާއެއްގެ ތެރޭގައި އެވާހަކަ ފްރާންސް މީޑިއާ އަށް ފެތުރިގެން ދިޔަ. އޭގެ ހަތަރު އަހަރު ފަހުން އަދިވެސް އެމީހުން އެވާހަކަ ދައްކާ،” ފްރާންސުން އަންނަ ޓޫރިސްޓުން މަދުވުމާއި ގުޅޭގޮތުން ސޯނޫ ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާސީ ހަލަބޮލިކަމަކީވެސް ރާއްޖޭގެ ޓޫރިޒަމަށް ނުބައި އަސަރުތަކެއް ކުރާ ކަމެއް ކަމަށާއި ނަމަވެސް އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ސޯނޫ އިތުރަށް ވިދާޅުވީ ޒިކާ ވައިރަސް ރާއްޖޭގައި ފެތުރެމުންދިޔަ ރިޕޯޓްތަކާއި ގުޅިގެން ވެސް ބައެއް މީހުން ދަތުރު ކެންސަލް ކުރި ކަމަށެެވެ.

ނަމަވެސް، މި ފަދަ މައްސަލަތައް ސޯނޫ ސިފަ ކުރެއްވީ ކުދި މައްސަލަތަކެއްގެ ގޮތުގައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް ފުޅާވުމުގެ ފުރުސަތު ރާއްޖެއާއި “ވަރަށް ގާތުން” އެބަ އޮތް ކަމަށް، ރާއްޖެއަށް ލަގްޒަރީ ޓޫރިޒަމް ތައާރަފްކުރެއްވި ސޯނޫ ވިދާޅުވި އެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top