މިއަހަރުވެސް ޚިތާނީ ކޭމްޕް އެބައޮތް. ނަންނޯޓްކުރުން ކުރިއަށްދަނީ

21762030_907549432732366_6493113128827722152_n.jpg

ބ. އަތޮޅު ހޮސްޕިޓަލުގައި ކުރިން ބޭއްވި ހިތާނީ ކޭމްޕެއްގެ ތެރެއިން.- ފޮޓޯ : ބ.އަތޮޅު ހޮސްޕިޓަލް

ބ.އަތޮޅު ހޮސްޕިޓަލްގެ ފަރާތުން އަހަރުގެ ސްކޫލް ބޮޑު ބަންދާ ދިމާކޮށް ބާއްވަމުން އަންނަ ޚިތާނީ ކޭމްޕް މިއަހަރުވެސް ބާއްވާނެކަމަށް ހޮސްޕިޓަލުން ހާމަ ކޮށްފިއެވެ.

ހޮސްޕިޓަލުން މިއަދު އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ  ކޭމްޕް ބޭއްވުމަށް ރޭވިފައިވަނީ ނޮވެމްބަރ މަހުގެ ފަހު ހަފްތާއިން ފެށިގެން ޑިސެމްބަރ މަހުގެ ފުރަތަމަ ހަފްތާ އާ ދެމެދުގައި ކަމަށާއި ޚިތާނު ކުރާނީ ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރ ގެ ބެލުމުގެ ދަށުން ކަމުގައެވެ.

މި ކޭމްޕްގައި ބައިވެރިވުމަށް ހޮސްޕިޓަލްގެ 6608309 ނަންބަރު ފޯނާ ގުޅުއްވައިގެންކުރިއަށް ގެންދެވުމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

ކޮންމެ އަހަރަކުވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ މި ޚިތާނީ ކޭމްޕަށް ހޮސްޕިޓަލް ވަރަށް ބޮޑަށް ޒީނަތްތެރި ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top