7125 ދަރިވަރުންނާއެކު މާލެއާއި އަތޮޅުތެރޭގައި މިއަހަރުގެ ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިހާނު މިއަދު ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން މައުލޫމާތު ދިން ގޮތުގައި މި އަހަރުގެ އޯ ލެވެލް އިމްތިހާނު ގައި މާލެއާއި އަތޮޅު ތެރޭގެ 197 ސްކޫލާއި ސެންޓަރު ތަކުން 5587 ދަރިވަރުންނާއި އަމިއްލަ ގޮތުން 52 ސެންޓަރަކުން 1538 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މި އިމްތިހާނުގައި ބ.އަތޮޅު ތައުލީމީ މަރުކަޒުންވެސް 55 ދަރިވަރުން ބައިވެރިިވެއެވެ.
މި ދަރިވަރުންގެ އިތުރުން، ލަންކާގައި ހުންނަ މޯލްޑިވްސް އެޑިޔުކޭޝަންސް އެންޑް ކަލްޗަރަލް ސެންޓަރުގައި 12 ދަރިވަރުން އެސްއެސްސީ އިމްތިހާނު ހަދާނެއެވެ.
މި އަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނު ނިމޭނީ ނޮވެމްބަރު 14 ވަނަ ދުވަހުއެވެ.