“ނޭދެން ވަކިވާކަށް” އޭދަފުއްޓަށް

137403_3_2ca76363c7da538797a5c4c25cb7ba5967ece187_medium.jpg

މުހައްމަދު އަބޫބަކުރު (މާއެބޫ) ޑައިރެކްޓްކޮށްފައިވާ ފިލްމް “ނޭދެން ވަކިވާކަށް” ބުދަދުވަހުގެ ރޭ އޭދަފުށީ މަލްޓިޕާޕަސް ހޯލްގައި އަޅުވަން ހަމަޖެހިއްޖެއެވެ.

މިމަހު 27 ގައި އޮލިމްޕަހުގައި ޕްރިމިއަރ ކުރި މިފިލްމް އޭދަފުށީގައި އަޅުވާނީ ފަހަކަށް އައިސް އޭދަފުށިގައި ދިވެހި ފިލްމްތައް ބޮޑްސްކްރީންގައި ދައްކަމުން އަންނަ ކްލަބް ދަބިގިނާސްއިންނެވެ.

ބިގިނާސްގެ މީޑިޔާ ޑިރެކްޓަރ ރަމީޒް ޔޫސުފް ބުނީ ނޭދެން ވަކިވާކަށް ފިލްމުގެ ޓިކެޓް ވިއްކާނީ -/100ރ އަށްކަމަށާ، ޓިކެޓް ވިއްކާނެ ތާރީހް ވަރަށް އަވަހަށް އިޢްލާންކުރާނެކަމަށެވެ. އޭނާބުނީ އަދި ހަމަޖެހިފައިވަނީ 1 ޝޯ އެޅުވުމަށް ކަމަށާ، ސަޕޯޓް ލިބޭ ވަރަކަށް ބަލާފައި 2 ޝޯ އެޅުވުމާމެދު ވިސްނާނެކަމަށެވެ.

ނޭދެން ވަކިވާކަށް މިއީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ. މީގައި ލީޑް ރޯލް ކުޅެފައި ވަނީ ފިލްމަކުން އަލަށް ފެންނަ ފެޝަން ޑިޒައިނަރު/ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު) އާއި ފާތުމަތު އާޒިފާ (އަޒޫ) ގެ އިތުރުން ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު އަޒްމީލް (އަޒޭ) އަދި އާރިފާ އިބްރާހީމް ފަދަ އެކްޓަރުން ފެނިގެން ދާނެ އެވެ.

މާއެބޫ ބުނި ގޮތުގައި އއ. ތޮއްޑު އާއި މާލޭގައި މަންޒަރުތައް ނަގާފައިވާ މި ފިލްމަކީ އޭނާ މިހާތަނަށް ހެދި އެންމެ ފުރިހަމަ ފިލްމަށް ވާނެ އެވެ. އަދި މި ފިލްމަކީ ބެލުންތެރިންނަށް ކަމުދާނެ ހުރިހާ ރަހައެއް އެކުލެވޭނެ އަހަރުގެ އެންމެ ރަނގަޅު އެއް ފިލްމަށް ވާނެ ކަމަށް ވެސް ބުންޏެވެ.

ކްލަބް ދަބިގިނާސް އިން މިމަހު ވަނީ ދިވެހި ފިލްމް “ހައްދު” ވެސް އޭދަފުށީގައި ދައްކާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top