ހާލުގައި ޖެހިފައިވާ ރޮހިންޔާގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން އޭދަފުށީ ކައުންސިލްގެ ފަރާތުން ބެހެއްޓި ފަންޑު ފޮއްޓަށް އެއް ހަފްތާގެ ތެރޭގައި ލިބިފައިވަނީ 56095.75ރުފިޔާ އާއި 299 ޑޮލަރު ކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު ބެހެއްޓި ފަންޑު ފޮށިން އެއްހަފްތާގެ ތެރޭގައި ލިބުނު ފައިސާ ގުނާފައިވަނީ މިއަދު މެންދުރު ފަހުއެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލު ވިދާޅުވީ ފަންޑުފޮށި ބަންދުވީ ނޫންކަމުގައާއި ފަންޑުފޮށި މެދުވެރިކޮށް އެހީވުމުގެ ދޮރު އަދިވެސް އޮތީ ހުޅުވިފައިކަމުގައެވެ.
އޭދަފުށި ނޫނަސް ބ.އަތޮޅުގެ ރަށްރަށުގައި ރޮހިންޔާގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން ތަފާތު ހަރާކާތް ތަކެއް އަންނަނީ ހިންގަމުންނެވެ. މި ކަމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެރަށްރަށުން ބުނެއެވެ.