އަންހެން ފުޓްސަލް ޗެމްޕިއަންކަން މިފަހަރުވެސް މަގޫސްޓާރ އަށް

IMG_6383.jpg

ޑައުންޓައުން އަންހެން ފުޓްސަލް މުބާރާތުގެ ޗެމްޕިއަން މަގޫ ސްޓާރ އަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ -ފޮޓޯ : |އީޓީ

ކްލަބް ޑައުންޓައުންގެ ފަރާތުން އަޟްހާ އީދުގެ މުނާސަބާގައި ބާއްވަމުން އަންނަ އަންހެން ފުޓްސަލް މުބާރާތް މިފަހަރުވެސް މަގޫސްޓާރ ކާމިޔާބުކޮށްފިއެވެ. ޑައުންޓައުންގެ ފަރާތުން މި މުބާރާތް ފަށާފައިވަނީ މިދިޔަ އަހަރުގެ އަޟްހާ އީދުގައެވެ.

މަގޫސްޓާރ މި މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި މިދިޔަ އަހަރުގެ ރަނަރއަޕް ހުސްސޮންގުން ޓީމާ ބައްދަލުކޮށް 2-4 ލަނޑުން ހުސް ސޮންގުން ބަލިކޮށްފައެވެ.

މިރޭގެ މެޗްގައި މަގޫ ސްޓާރއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އައިމިނަތު ޒާހިޔާއާއި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރެވެ. ހުސްސޮންގުން ޓީމުން ލަނޑު ޖަހާފައިވަނީ ފާތުމަތު ޝަފްނާ އަދި އަރީޝާ ރިޒާއެވެ.

ބ. އަތޮޅު ކައުންސިލުގެ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ނަސްރާ ޝަރަފްވެރިކޮށްދެއްވި މި މެޗުގައި   ޗެމްޕިއަން ޓީމަށާއި ރަނަރއަޕް ޓީމަށް މެޑަލާއި ތަށި ހަވާލުކޮށް ދެއްވީ އެކަމަނާއެވެ.

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ހޮވުނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިގެން މަގޫސްޓާރއަށް ތަށި ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކުރެއްވި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަޓީމުގެ ކެޕްޓަން ފަދުވާ ޒާހިރު އެވެ.

ފަދުވާގެ އިތުރުން މުބާރާތުގެ މޮޅު ކުޅުންތެރިންނަށް ހޮވުނީ މަގޫސްޓާރގެ އައިމިނަތު ޒާހިޔާ އާއި ހުސްސޮގުން ޓީމުގެ އައިޝަތު މާހިންގެ އިތުރުން މަރިޔަމް ލީޝާ އާއި އިރުމަތި ލަވާރސްގެ އައިމިނަތު ޝާމިލާއެވެ. 14ލަނޑާއެކު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ހޮވުނީ މަގޫ ސްޓާރގެ ކެޕްޓަން އަދި ރާއްޖޭގެ ގައުމީ އަންހެން ޓީމުގެވެސް ކެޕްޓަން ފަދުވާ ޒާހިރެވެ.

މި މުބާރާތުގެ ފެއާރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ފްރެންޑްސް ޓީމެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top