ހަންޓޭގެ ހުނަރު ފެނިފައި ދުނިޔޭގެ ކައިޓް ސާފް ޗެމްޕިއަން ހައިރާންވެއްޖެ

19959334_810055115835412_7320343193584186689_n.jpg

ލަންކާގެ ކަލްފިޓިއާ ބީޗްގައި ހަންޓޭ ކައިޓް ސާފް ކުރަނީ. އޭނާގެ ހުނަރާމެދު ދުނިޔޭގެ ޗެންޕިއަން ހައިރާންވި / ފޮޓޯ: ގޮއިދޫ ވޯޓަރ ސްޕޯޓްސް

މިމަހުގެ 13ން 17ށް ލަންކާގެ ކޮލްޕިޓިއާގައި ކުރިޔަށްދިޔަ “ރެޑްބުލް ހީރޯ ޓުއަރ”ގައި ގޮއިދޫގެ ކުޑަކުޑަ ކައިޓް ސާފަރ ހަސަން މާހިރު (ހަންޓޭ) ދެއްކި ހުނަރު ފެނިފައި ދުނިޔޭގެ ކައިޓް ސާފިންގް ޗެމްޕިއަނެއް ކަމަށްވާ ރުބެން ލެންޓެން ހައިރާންވެއްޖެއެވެ.

ރެޑްބުލް ކިންގް އޮފް ދަ އިޔާގެ އެވޯޑް 2005 ވަނައަހަރު ހޯދާފައިވާ ނެދަލޭންޑްގެ ޕްރޮފެޝަނަލް ކައިޓް ސާފަރު ލެންޓެން ވަނީ މިޓުއާގައި ބައިވެރިންނާއެކު ކައިޓް ސާފް ކޮށްފައެވެ.

ގޮއިދޫގެ 14 އަހަރުގެ ހަންޓޭ އާއެކު މިދަތުރުގައި ބައިވެރިވި ކައިޓް ސާފަރ ހަސަން ނިޒާމް އޭދަފުށީ ވޮއިސްއާ ވާހަކަދައްކަމުން މިއަދު ބުނީ ހަންޓޭ ކައިޓް ސާފް ކުރިމަންޒަރު ފެނިފައި ލެންޓެން ފުރަތަމަވެސް އެހީ އޭނާ ޓްރޭނިންގް ހަދަނީ ކޮން ސެންޓަރެއްގައިތޯ ކަމަށެވެ. އަދި އޭނާގެ ހުނަރުވެރިކަން މިދާގޮތުން އިތުރުކުރިއެރުން ހޯދާނަމަ ދެއަހަރެއްގެ ތެރޭގައި އޭނާ ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ވާދަކުރަނެކަމަށްވެސް ލެންޓެންއާ ހަވާލާދީ ހަސަން ބުންޏެވެ.

‘އޭނަ ހުރީ ކުޑަކޮށް ހައިރާންވެފައި، ބުނީ މިހާކުޑަކުއްޖަކު މިވަރު ޓެލެންޓެއް މިދައްކަނީ ކޮންތަނަކުން ޓްރޭނިންގް ހަދައިގެންހޭ. އަހަރެން ބުނިން ގޮއިދޫގައި ނުހުރޭ ޓްރޭނިންގް ސެންޓަރެއް. އަމިއްލަ މަސައްކަތުންނޭ މިހާ ހިސާބަށް މިއައީ. ދެން އޭނަ ބުނި ޓްރޭނިންގް ހަދާލަނިކޮށް ހަންޓޭ ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ދެއަހަރުތެރޭގައި ވާދަކުރާނެއޭ. އެހާ ހުނަރުވެރިކަން އެބަހުއްޓޭ.” ގޮއިދޫ ވޯޓަރ ސްޕޯޓްސް ގައި މަސައްކަތްކުރާ ހަސަން ބުންޏެވެ.

ދުނިޔޭގެ ޗެންޕިއަން ލެންޓެން އާއެކު ހަންޓޭ ކަލްޕިޓިއާ ބީޗްގައި މަޑުކޮށްލައިގެން / ފޮޓޯ: ގޮއިދޫ ވޯޓަރ ސްޕޯޓްސް

ހަސަން ބުނީ މުޅި ޓުއާގައިވެސް 18 އަހަރުން ދަށުން ބައިވެރިވީ 3 ކައިޓް ސާފަރުން ކަމަށާ، އެއީ ލަންކާގެ 2 ކުއްޖަކާ، ހަންޓޭ ކަމަށެވެ. އަދި ހަންޓޭގެ ހުނަރު ފެނިފައި، ލަންކާގެ ފްރޮފެޝަނަލް ކައިޓް ސާފަރުންވެސް އޭނާއާ މެދު ސުވާލު ކުރިކަމަށް ހަސަން ބުންޏެވެ.

ގޮއިދޫ ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވަމުން އަންނަ ހަސަން މާހިރު (ހަންޓޭ) މިދިޔަ ރޯދަމަހުވަނީ ދުނިޔޭގެ ފްރީ ޑައިވިންގް ޗެމްޕިއަން އޮސްޓްރޭލިޔާގެ ހިބާޓް ނިޗް އާއެކު ކޮކޯޕާމް ރިސޯޓްގައި ފްރީ ޑައިވިން ޓްރޭނިން އެއްވެސް ފުރިހަމަކޮށްފައެވެ. އޭނާގެ ލަންކާ ދަތުރު ނިންމައި ރާއްޖެއަންނާނީ މިރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top