އައިޝްވާރްޔާ ރާއީ އަށް ދެވަނަ ދަރިއަކު ލިބެނީ

ބުރާސްފަތިދުވަހުގެ ވޯޓަށްފަހު އައިޝްވާރްޔާއާއި އަބީޝެކް އާއިލާއާއެކު ފޮޓޯއަކަށް ހުއްޓިގެން / ފޮޓޯ: އިންޓަނެޓް

ބުރާސްފަތިދުވަހުގެ ވޯޓަށްފަހު އައިޝްވާރްޔާއާއި އަބީޝެކް އާއިލާއާއެކު ފޮޓޯއަކަށް ހުއްޓިގެން / ފޮޓޯ: އިންޓަނެޓް

ބޮލީވުޑްގެ ރާނީ އަދި މިސްވޯލްޑް އައިޝްވާރްޔާ ރާއި ބަލިވެއިދެފި ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.

އޭޝް ވަނީ އޭނާގެ ދަރިފުޅު އާރާދްޔާއަށް ބަލިވެއިނިއްސުރެ ފިލްމީ ކެރިޔަރުން ބްރޭކެއް ނަގާފައެވެ. އެހެންކަމުން އެނަ ލައްވާ ފިލްމު ކުޅުވަން ބޭނުންވާ މީހުންނާއި ނުނިމި ހުރި ފިލްމްތައް ނިންމާލުމަށް ބޭނުންވެފައި ތިބި އެތައްބަޔަކުހީކޮށްގެންތިބީ މާލަހެއްނުވެ އެނބުރި ފިލްމީދާއިރާއަށް އަންނާނެ ކަމުގައެވެ. އޭޝްވެސް ބުނެފައިވަނީ ބްރޭކަށްފަހު އެންމެފުރަތަމަ މަސައްކަތްކުރާނީ އޭނާ ކުޅެން ފަށާފައި އޮތް މަނީރަތުނަމްގެ ފިލްމުގައި ކަމަށެވެ. ފިލްމު ހަދާމީހުންގެ އިންތިޒާރު ނިމެނީ ކަމަށް ހީކޮށްތިއްބާ މި އިވުނުއަޑުން އަނެއްކާވެސް އިތުރު އެއްއަހަރު މަޑުކުރަން ޖެހުނީއެވެ.

އޭޝްގެ މިޚަބަރު ރަސްމީކޮށް އަދި ފާޅުނުކުރި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އަބީޝެކް އާއިއެކުވޯޓްލުމަށްފަހު ނެގި ފޮޓޯއިން ފެންނަގޮތުގައި ޝައްކެއްނެތްވަރަށް އޭނާ ބަލިވެއިންކަން އެގެއެވެ.

އާރަދްޔާއަށް ބަލިވެއިނުމާއެކު އެއްވެސް ފިލްމެއްގެ މަސައްކަތް ނުކުރިޔަސް ބައެއް އިޝްތިހާރުތަކުން އޭނާ ފެނެއެވެ. އަދި މިހާރު އެއްވެސް ފިލްމެއްގައި ސޮއި ނުކުރާކަމަށް ވެސްވެއެވެ.

އަބީޝެކްއާއި އޭޝް ކައިވެނިކުރީ 20އޭޕްރިލް 2007ގައެވެ. އެ ދެމަފިރިންގެ ފުރަތަމަ އަންހެން ދަރިފުޅު އާރަދްޔާ ލިބިފައިވަނީ 16 ނޮވެމްބަރ 2011 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top