މިއަދަކީ ބައިނަލް އަޤްވާމީ އޯޓިޒަމް ދުވަސް

Autism-copy.jpg

މިއަދަކީ އޯޓިޒަމް އާއި މެދު އާންމު މުޖުތަމައު ހޭލުންތެރި ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބައިނަލް އަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ.

އޯޓިޒަމް(Autism) އަކީ ކުއްޖާގެ ހެދިބޮޑުވުމުގައި ދިމާވާ މައްސަލަ އެކެވެ. މިއީ ސިކުނޑި ހެދިބޮޑުވުމުގައި ކުރިމަތިވާ އުނިކަމެކެވެ. ނުވަތަ މިއީ ސިކުނޑި ތަރައްގީވެ، ހެދިބޮޑުވުމުގައި ކުރިމަތިވާ އުނިކަމަކުން ކުއްޖާގެ ހެދިބޮޑުވުމުގައި ދިމާވާ މައްސަލަ އެކެވެ. މިކަމުގެ ސަބަބުން ކުއްޖާގެ ވާހަކަ ދެއްކުމާއި، މުވާޞަލާތްކުރުން، މުއާމަލާތްކުރުން، އަދި އިޖުތިމާއީ ގުޅުން އުފެއްދުމުގެ ހުނަރު ދަށްވެގެން ދެއެވެ. އޯޓިޒަމް ކުރިމަތިވާ ހަގީގީ ސަބަބު އަދި ހޯދިފައެއް ނުވެއެވެ. އަދި މިއީ ހަގީގީ ފަރުވާއެއް މިހާތަނަށް ހޯދިފައިވާ ބައްޔެއްވެސް ނޫނެވެ. އޯޓިޒަމް ހުންނަ ކުދިންނަށް އެހެން މީހުންގެ އަޅާލުމާއި އޯގާތެރިކަން ނިހާޔަތަށް ބޭނުންވާނެ އެވެ.

އޯޓިޒަމް އަކީ ތުއްތު ކުދިންގެ އުމުރުން ފުރަތަމަ ދެތިން އަހަރުގެ ތެރޭގައި ފާހަގަކުރެވޭ ސިކުނޑި ތަރައްގީވެ ހެދި ބޮޑުވުމުގައި ދިމާވާ މައްސަލަ ތަކެކެވެ. އޭގެ ސަބަބުން ވާހަކަ ދައްކައި މުވާޞަލާތު ކުރުމާއި، އިޖުތިމާޢީ ގުޅުންތައް އުފެއްދުމުގެ ހުނަރުތައް ކުއްޖާގެ ކިބައިގައި ނުހުރެއެވެ. މިއީ ރާއްޖޭގެ ނިސްބަތުން މަދުނޫން އަދަދަކަށް ކުޑަކުދިންނަށް ރާއްޖޭގައި ވެސް ޖެހޭ ބައްޔެކެވެ. ނަމަވެސް މައިން ބަފައިންނަށް މިއީ ކޮންކަމެއްކަން ނޭނގި ތަފާތު ފަރުވާ ތަކުގައި ކުއްޖާގެ އުމުރުން ދުވަސްތަކެއް ނަގާލައެވެ. އޯޓިޒަމަކީ އުފެދެމުން އަންނައިރު ސިކުނޑީގައި ހުންނަ ތަފާތެއްގެ ސަބަބުން ކުއްޖާގެ އުޅުމަށާއި، މުއާމަލާތް ކުރުމަށް  އަދި މީހުންނާއި ގުޅިގެން އުޅުމަށް އަންނަ ބަދަލު ތަކެކެވެ. އުގެނުމާއި، ކަންކަމަށް ސަމާލުކަން ދިނުމަށް އަދި ހިއްސުތައް މަސައްކަތް ކުރާގޮތުގައި ވެސް ބައެއް ފަހަރު އޯޓިޒަމް ހުންނަ ކުދިންގެ ކިބައިގައި ތަފާތު ތަކެއް ހުރެއެވެ. މީގެ އަސަރު އެކި ކުދިންނަށް ކޮށްފައި ހުންނަނީ އެކިވަރަށެވެ.

އޯޓިޒަމް އަންހެން ކުދިންނަށްވުރެ ގިނައިން ޖެހެނީ ފިރިހެން ކުދިންނަށްކަން ފާހަގަ ކުރެވެއެވެ. އަދި މިނިސްބަތް ފިރިހެންކުދިންނަށް 5 ގުނަ އިތުރުކަން ވަނީ ފާހަގަކުރެވިފައެވެ. ދުނިޔޭގެ ނިސްބަތަށް ބަލާއިރު ކޮންމެ 10000 މީހުންގެ ތެރެއިން 10 ނުވަތަ 15 މީހުންނަކީ އޯޓިޒަމް ޖެހިފައިވާ މީހުންކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި ޖަޕާންގައި މިބަލި މާގިނަކަމަށް ދިރާސާތަކުން ދައްކައެވެ. މިބައްޔާއި އެއްވައްތަރު އަލާމާތްތައް ސިކުނޑީގެ ބައެއް ބަލިތަކުން ފެންނާތީ ބައެއް ފަހަރު މިބަލި ދެނެގަންނަށް އުދަގޫވެ ދުވަސްކޮޅެއް ނަގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top