ބ.އަތޮޅު ސްކޫލްތައް މި ހަފްތާގައި ބަންދެއްނުވާނެ

l_149061813035SZj4.jpg

ރައީސް އޮފީހުގައި މިއަދު އޮތް ބައްދަލުވުމުގެތެރއިން - ފޮޓޯ :ސަން އޮންލައިން

ބ.އަތޮޅުގެ ހުރިހާ ސްކޫލެއްވެސް ރޯގާއާ ގުޅިގެން މި ހަފްތާގައި ބަންދު ނުވާނެ ކަމަށާއި ރޯގާއާ ގުޅިގެން ބަންދު ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ހުރިހާ ސްކޫލެއްގެ އިތުރުން ރ. އިނގުރައިދޫ ސްކޫލާއި، ރ. އުނގޫފާރު ސްކޫލާއި، ހދ. ޖަލާލުއްދީން ސްކޫލާއި، ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ހދ. އަފީފުއްދީން ސްކޫލް ކަމުގައި ނޭޝަނަލް ޕެންޑެމިކް ސްޓްރެޖެޓީ ކޮމެޓީން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިޔަށްގެންދިޔަ ޕްރެސް ކޮންފަރެންސްގައި މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މި ގޮތަށް ހަމަޖެއްސެވީ ސަރުކާރުން ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކަމަށާއި ބަންދު ކުރާނީ ރޯގާގެ ހާލަތު ބަލައި، ރޯގާ ފެތުރެމުންދާ ސްކޫލްތައް ކަމަށެވެ.

މި ޕްރިސް ކޮންފަރެންސްގައި ބައިވެރިވި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ، ދިވެހިރާއްޖޭގައި ރޯގާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އާންމުކޮށް ރާއްޖޭގައި އަރިދަފުސް ރޯގާ އާއި ގުޅިގެން ހަފްތާއަކު 3000 މީހުން ޑޮކްޓަރަށް ދައްކާ ކަމަށެވެ. ނަމަވެސް ފެބްރުއަރީގެ ފަހު ކޮޅަށް އެ އަދަދު 5000 އަށް އިތުރުވެގެންދިޔަ ކަމަށެވެ.

މިނިސްޓަރ ނާޒިމް ވިދާޅުވީ މި ބައްޔަށް ޕޮޒިޓިވްވާ މީހުން ފެންނަން ފެށުމާއެކު، ޑަބްލިޔުއެޗްއޯ އާއި ރާއްޖޭގެ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފައަށް އެދި އެރުން ފެށިގެން ފިޔަވަޅުތައް އަޅަމުންގެންދެވި ކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ އިތުރުން ސްރީލަންކާއާ އިންޑިޔާއަގައި މި ބަލި ފެތުރެމުން އަންނަ ކަން ފާހަގަކުރައްވާފައެވެ.

ސްކޫލްތައް ބަންދުކުރަން ނިންމެވި ނިންމުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ސްކޫލު ބަންދުކުރީ ރަނގަޅު ކަމެއް ކަމަށް ވާތީ ކަމަށާއި ސްކޫލުތައް ހުޅުވީ ވެސް ފެންނަން ހުރި ތަފާސްހިސާބުތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި ސްކޫލްތައް ބަންދުކުރި ކަމުގައި ވީނަމަވެސް ގެއްލޭ ފިލާވަޅުތައް ފަހުން ހޯދައިދޭނެ ކަމަށް މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވިއެވެ.

ނޭޝަނަލް ޕެންޑެމިކް ސްޓްރެޖެޓީ ކޮމެޓީގެ ނަމުގައި އުފައްދަވާފައިވާ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ، ޑިފެންސް މިނިސްޓަރ އާދިމް ޝަރީފް އުމަރު، އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް، ހެލްތް މިނިސްޓަރ އަމްދުﷲ ނާޒިމް، ފޮރިން މިނިސްޓަރ އަހުމަދު އާސިމް، ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top