ސިގިރެޓާއި ބެހޭގޮތުން ކޮންމެހެން އެނގެންޖެހޭ ކަންތައްތައް

Crushing-Cigarette-Pack.jpg

* ދުންފަތުން އުފެއްދިފައިވާ ކޮންމެ އެއްޗެއް : ބިޑި، ސުއްޓާ، ސިގިރެޓު، ކަށިގަޑު، ގުޑުގުޑާފަދަ ކޮންމެ އެއްޗެއްގައިވެސް ނިކޮޓިން ހުރޭ.

* ނިކޮޓިން އަކީ، ކޮކެއިންއާއި ހިރޮއިންފަދައިން ދެވިހިފުވުމުގެ ބާރު ހުންނަ އެއްޗެއް.

* ސިގިރެޓަށް ދެވިހިފުވާ އެއްޗަކީ ނިކޮޓިން، ހަށިގަޑުތެރެއަށް ނިކޮޓިން ދާތާ 7 މިނިޓު ފަހުން ސިކުޑިއަށް އަސަރު ކުރުވަން ފައްޓާ.

* ނިކޮޓިންއަކީ ވިހަ އެއްޗެއް، އިންޖެކްޝަނަކުން ސާފު ނިކޮޓިންގެ އެންމެ ބައި އައުންސު މިންވަރު، މީހެއްގެ ގަޔަށް ޖަހައިފިއްޔާ ހަމަވަގުތުން މަރުވެދާނެ.

* ސިގިރެޓުގައި ހުންނަ ނިކޮޓިންއިން، ވަގުތުން ކަލޭ މަރައި ނުލިއަސް، ހިތުގެ ވިންދު އަވަސް ކުރުވާ، ލޭގެ ޕްރެޝާރ ވަގުތުން މަތިކުރުވާ.

* ސިގިރެޓު ދުމުގައި، ގެއްލުން ހުންނަ 4000 އަށް ވުރެ ގިނަ ކެމިކަލްސް އެކުލެވިގެންވޭ.

* ސިގިރެޓުގައި ހުންނަ ތަފާތު ކެމިކަލްތަކުގެ ތެރެއިން، މަދުވެގެން 40 ބާވަތުން ކެންސަރު ބަލި ޖެއްސުމުގައި އެހީވެދޭ.

* ސިގިރެޓުން އަރައިގެންދާ އެއް މާއްދާއަކީ ކާބަން މޮނޮކްސައިޑު، މިއީ ކާރުގެ ދުންހޮޅިންވެސް ނުކުމެގެންދާ އެއްޗެއް.

* ސިގިރެޓުގައި ހުންނަ އެހެން ކެމިކަލްތަކުގެ ތެރޭގައި އެމޯނިއާ (ފާޚާނާ ސާފުކުރާ އެއްޗެހި އުފެއްދުމުގައި ބޭނުންކުރެވޭ)، އާރސެނިކް (މިދާ ވިހަ ހަދަން ބޭނުން ކުރެވޭ) ހިމެނޭ.

* ސަލާމަތްވެވިދާނެ ބަލިތައް ޖެހުމާއި މަރުގެ ، ސަބަބުތަކުގެ އެންމެ ކުރީގައި ސިގިރެޓު ބުއިން ހިމެނޭ .

* ސިގިރެޓުން ކެންސަރު، ހިތުގެބަލިތައް، ލޭހޮޅިތައް ހިމަވުން، ފުއްޕާމޭގެ ބަލިތައް ޖައްސައިދޭކަން ޢިލްމީ ގޮތުން ސާބިތު ކުރެވިފައިވޭ.

* ސިގިރެޓި ބޯ ނަމަ، ޢުމުރުން އެންމެ 18 އަހަރުގައިވެސް ހިތުގެ ބައްޔެއް ޖެހިދާނެ، ކޮންމެހެން މިފަދަ ބަލިތައް ޖެހެނީ ޢުމުރުން ދުވަސްވެފައިވާ މީހުންނަކަށް ވާކަށް ނުޖެހޭ.

* ސިގިރެޓެއް ބޯ ކޮންމެ ފަހަރަކު، އޭނާގެ ޢުމުރުން 7 މިނިޓު އުނިވެގެން ދާނެ ކަމަށް ކްލިނިކަލް ޓެސްޓުތަކުން ދައްކާ (މީގެ މާނައަކީ އެހާވެސް ގެއްލުން ބޮޑޭ)

* ފުއްޕާމޭގެ ކެންސަރުގެ 87 އިންސައްތައަކީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ޖެހޭ ކެންސަރު .

* ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން، އެމެރިކާގައި އެކަނިވެސް އަހަރަކު 440 ހާސް މީހުން މަރުވޭ .

* ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުން 1 މިލިއަން މީހުން މަރުވާކަމީ އިންކާރުކުރެވެން ނެތް ޙަޤީޤަތެއް .

* ދުންފަތުގެ އިޝްތިހާރު ގިނައިން އަމާޒުކުރެވިފައި ހުންނަނީ ޒުވާންކުދިންނަށާއި ކުޑަކުދިންނަށް.

* އެއިޑްސް، މަގުމަތީ އެކްސިޑެންޓު، މަސްތުވާތަކެތި، އަމިއްލައަށް މަރުވުން، މި ހުރިހައި ކަމަކުން މަރުވާމީހުންނަށްވުރެ، ދުންފަތުގެ އިސްތިޢުމާލު ކުރުމުން މަރުވާ މީހުން ގިނަ.

* ސިގިރެޓު ބުއިމުން އަގައިގެ ވަސް ނުބައިވޭ، އަދި ދަތް ރީދޫވޭ.

* ފުރާވަރުގައި ދުންފަތުގެ ބޭނުން ކަލޭ ނުކުރާނަމަ، ފަހުން ބޭނުން ކުރުމުގެ ފުރުސަތު ކުޑަ .

* ދުންބޯ މީހުންގެ ތެރެއަށް އުފަންވާ ކުޑަ ކުދިން ކިރުބޯ ދުވަސްވަރު މަރުވުން، އެނުން ކުދިންނަށްވުރެ 7 ގުނަ އިތުރު.

* މާބަނޑު ދުވަސްވަރު އަންހެނުން ދުން ބުއިމުގެ ސަބަބުން، ކުޑަދަރިފުޅު ދުވަސް ހަމަވުމުގެ ކުރިން ބައިގެން ދިއުން، އައިބު ސިފަތައް ހުރި ކުދިން ލިބުމުގެ ނުރައްކާ ބޮޑު.

* އެހެން މީހުން ބޮއެފައި ދޫކޮށްލާ ދުން ބޮވުމުގެ ސަބަބުން 56 ހާސް މީހުން މަރުވޭ.

* ދުންފަތް ބޯ މީހުން، ގެއްލުން އެދެނީ ހަމައެކަނި އަމިއްލަ ނަފްސަކަށް ނޫން، ލޯބިވާ ދަރިންނާއި ތިމާގެ މީހުން އަދި ރައްޓެހިންނަށްވެސް ގެއްލުންދޭ.

* މިހާރު ދުންފަތުގެ އިސްތިޢުމާލު ކުރާނަމަ، ކުރަން ދެން އޮތް އެންމެ ރަނގަޅު ކަމަކީ މިހާރު އެކަން ހުއްޓާލުން.

* ސިގިރެޓު ކުންފުނިތަކާއި ދިމާލަށް ” ނޫނެކޭ ” ކަލެއަށް ބުނެވިދާނެ، އެއީ ސިގިރެޓު ނުގަތުމުން.

* ދުންފަތް ބޭނުން ކުރުމުގެ ސަބަބުން، ފުއްޕާމޭގެ ބައިތައް ހަލާކުވޭ.

* ދުންބޯ މީހުންގެ ތެރެއިން 70 އިންސައްތަ މީހުން، އެ މީހުން ދުންފަތާއި ދުރަށް ދެވޭނެނަމައޭ ހިތާއިހިތުން ބުނޭ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top