ބ. މާޅޮހުން އަހްމަދު ރިޔާޒް
ބ. އަތޮޅަަށް ހުޅުވާލައިގެން ބ. މާޅޮހު މާރެސް ޖަމްއިއްޔާއިން މިއަދު އެރަށުގައި ފެށި އަންހެން ވޮލީ ބޯޅަ މުބާރާތުގައި ގޮއިދޫން މާޅޮހަށް ސިހުން ގެނެސް ފުރަތަމަ މެޗް ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.
މިއަދު ހަވީރު މާޅޮހު ރަސްމީ ވޮލީ ކޯޓްގައި ކުޅެވުނު މެޗް ގޮއިދޫން ކާމިޔާބުކުރީ ސިދާ 3 ސެޓުންނެވެ. ފުރަތަމަ ސެޓް 25-19، ދެވަނަ ސެޓް 25-13 އަދި ތިންވަނަ ސެޓް ކާމިޔާބުކުރީ ފަސޭހަކަމާއެކު 25-6 އިންނެވެ. މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މިއަދު މޮޅު ކުޅުމެއްދެއްކި ގޮއިދޫ ޓީމްގެ ޒުވާން ކުޅުންތެރިޔާ ސާނިޔާ އަހްމަދު ނިޒާމެވެ.

މިއަދުގެ މެޗްގެ މޮޅުކުޅުންތެރިޔާ ސާނިޔާއަށް މާޅޮހު ކައުންސިލްގެ ރައީސް ޓްރޮފީ ހަވާލުކޮށްދެއްވަނީ / އީވީ ފޮޓޯ އަހްމަދު ރިޔާޒު
މުޅިއަތޮޅަށް ހުޅުވާލައިގެން މާރެސް އިން ކުރިޔަށްގެންދާ މިމުބާރާތުގައި މާޅޮހާ، ގޮއިދޫގެ އިތުރުން ދަރަވަންދޫއާ، ދޮންފަނު އަދި ކިހާދޫ ވާދަކުރެއެވެ.