ބިޑް ކާމިޔާބުކޮށްގެން ބަހިއްޔާ ޕްރީސްކޫލްގެ މަތީބުރި މައި ކޮލެޖަށްް

DSCN3447-Copy-2.jpg

ބަހިއްޔާ ޕްރީސްކޫލް- ފޮޓޯ : އީވީ

ދެބުރިއަށް އިމާރާތް ކޮށްފައިވާ ބަހިއްޔާ ޕްރީސްކޫލްގެ މަތީބުރި، މަތީ ތައުލީމުދޭ މަރުކަޒެއްގެ ގޮތުގައި ތަރައްގީކޮށް ހިންގުމަށް މައިކޮލެޖާ ހަވާލުކޮށްފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ އެ އިމާރާތުގެ މަތީބުރި މައިކޮލެޖާ ހަވާލުކުރީ މަތީތައުލީމު ދޭ މަރުކަޒެއްގެ ގޮތުގައި ތަރައްގީކޮށް ހިންގުމަށް ހުޅުވާލި ބިޑް މައިކޮލެޖުން ކާމިޔާބު ކުރުމާއި ގުޅިގެންނެވެ.

ކައުންސިލުން ވިދާޅުވަނީ މައިކޮލެޖުން ހުށައަޅާފައިވާ ކުއްޔަކީ މަހަކު 5000ރުފިޔާ ކަމުގައެވެ.

މިދިޔަ އަހަރުން ފެށިގެން މައިކޮލެޖުން އަންނަނީ އެތަނުގައި ވަގުތީގޮތުން އައުޓް ރިޗް ސެންޓަރެއް ގާއިމުކޮށް ޑިޕްލޮމާއާއި ޕީޖީ ކޯސްތަކެއް ހިންގަމުންނެވެ. މީގެއިތުރުން އަންނަ މަހު ކުޑަކުދިންނަށް ޚާއްސަ ކޮށްގެން އިނގިރޭސި ކްލާސްތަކެއް ފެށުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top