ބޮޑެތި މީހުންނަށް އަރަބިބަސް ކިޔަވައިދޭ ކްލާހެއްް ބ.އަތޮޅު ތައުލީމީ މަރުކަޒުގައި

14739329992281.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން އެ ސްކޫލްގައި އަރަބިބަސް ކިޔަވައިދޭ ކްލާހެއް ހިންގުމަށް ނިންމައިފިއެވެ.

ތައުލީމީ މަރުކަޒުން ބުނީ ބެލެނިވެރިންނަށް އަރަބި ބަސް ކިޔަވައިދޭ ކޯހެއް ހިންގަން ގަސްދުކުރީ ބެލެނިވެރިންގެ ގިނަ ބަޔަކު ފަރާތުން މި ކަމަށް އެދުމުން އެމަގު ފަހިކޮށްދިނުމުގެ ގޮތުން ކަމުގައެވެ.

 ” އަރަބި ކްލާސް ހިންގަން މި ފަށައިގަންނަނީ 3 މަސް ދުވަހުގެ މުއްދަތަށް.  މި މުއްދަތުގައި މިކަމަށް ބެލެނިވެރިންގެ ފަރާތުން އެދެވޭ ތަރުހީބެއް ލިބޭކަމަށް ވާނަމަ ކްލާސް އެއް އަހަރު ދުވަހުގެ މުއްދަތަށް އިތުރު ކުރާނެ. އަދި އެއަށް ވުރެވެސް އިތުރުކުރެވިދާނެ. “ކްލާހާ ބެހޭ މައުލޫމާތު ދެމުން ސްކޫލުން ބުންޏެވެ.

މިކްލާހަށް ވަނުމުގެ ދޮރު ޓީޗަރުންނާއި ބެލެނިވެރިންނަށް މިހާރުވަނީ ހުޅުވާލާފައެވެ. އެދިވަޑައިގަންނަވާ ފަރާތްތަކުން އެސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ސްކޫލުން އެދިވަޑައިގަންނަވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top