އޭދަފުށި ފައިނަލަށް. މަރްހަބާ !

l_14785339396W6m1.jpg

ސ.ފޭދޫއާ ވާދަކުރުމަށް ނުކުތް އޭދަފުށީ ޓީމް. : ފޮޓޯ : ސަން

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަމުބާރާތުގެ ފައިނަލަށް އޭދަފުށި ހިނގައްޖެއެވެ.

އޭދަފުށި ފައިނަލަށް ގޮސްފައިވަނީ  މިއަދު ދ.ކުޑަހުވަދޫގައި ސ.ފޭދޫއާ ބައްދަލުކޮށް ކުޅުނުމެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރުވެސް ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން  2-3ގެ ނަތީޖާއިން މޮޅުވެގެންނެވެ.  އޭދަފުށީގެ ޕެނަލްޓީތައް ކާމިޔާބު ކުރީ އަޒުމީން އަބްދު ސައްތާރާއި އަބްދުﷲ އަބޫބަކުރާއި އަހްމަދު ހަނީފެވެ.

ފޭދޫއިން ކާމިޔާބު ކުރި ދެ ޕެނަލްޓީ ޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް އިފާން އާއި އަހްމަދު ސައީދެވެ. ފައިނަލްގެ ދެ ވަނަ ޖާގަ ހޯދަން މާދަމާ ބައްދަލު ކުރާނީ ތިމަރަފުއްޓާއި ކުޑަހުވަދޫއެވެ.

މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިއަންނަ ބުރާސްފަތި ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top