ފެނަކަ އިން ޚިދުމަތް ދެމުން ދިޔަ ހުރިހާ އިންޖީނުގެތައް ސްޓެލްކޯ ގެ ދަށަށް

775ade2e-bd27-409f-bfae-0e360ceaa84c-1.jpg

ފެނަކަ އިން ކަރަންޓްގެ ޚިދުމަތް ދެމުން ދިޔަ ހުރިހާ ރަށެއްގެ އިންޖީނުގެތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފި އެވެ.

އެ ކުންފުނިން ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދެމުން ދިޔަ ހުރިހާ ރަށެއް، ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ނިންމައިލީ އިއްޔެ ކަމަށެވެ. މި ބަދަލާއެކު އެންމެ ފަހު ރަށެއްގެ ގޮތުގައި ސްޓެލްކޯގެ ދިދަ ނެގީ ލ. ފޮނަދޫގަ އެވެ.

ފެނަކަ އިން 150 އަށް ވުރެ ރަށްރަށަށް ކަރަންޓްގެ ޚިދުމަތް ދެމުން ގެންދިޔައެވެ.

ފެނަކަ އުވާލައި އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލު ކުރަން ނިންމުމާ ގުޅިގެން އެންމެ ފުރަތަމަ ސްޓެލްކޯގެ ދަށަށް ބަދަލުކުރީ އައްޑޫގެ ކަރަންޓްގެ ޚިދުމަތެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ގަ އެވެ.

ފެނަކަ އުވާލައި އެކުންފުނި ސްޓެލްކޯގެ ދަށަށް ބަދަލު ކުރަން ނިންމިކަން ރައީސް އިއުލާން ކުރެއްވީ ސެޕްޓެމްބަރު މަހުގެ 7 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top