ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް

481336771_945358721113942_7385534887305332706_n.jpg

އޭދަފުއްޓާއި އެންމެ ކައިރީގައި އޮތް ފަޅުރަށް؛ މާއްޑޫ

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީކުރުމަށްޓަކައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާކަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.

ބަޖެޓު ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، ދިވެހީންގެ މެދުގައި ދުޅަހެޔޮ މުޖުތަމައެއް ބިނާވެފައި އޮތުމަކީ މި ސަރުކާރުން އަބަދުވެސް އަހަންމިއްޔަތުކަން ދޭ ކަމެއް ކަމަށެވެ. އެގޮތުން، އާއިލާތަކާއި ރައްޓެހިންނާ އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަށް ބެޖެޓުގައި ހިމަނާފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.

ޕިކްނިކް ދިޔުމަށް ޚާއްސަ ރަށެއް ކޮންމެ އަތޮޅެއްގައި ތަރައްގީކޮށްދެއްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ވިދާޅުވެފައި ވެއެވެ.

އޭރު ރައީސް ވިދާޅުވީ، ވަރަށް އަވަހަށް އެކަމާ ގުޅޭ ދިރާސާތައް ނިންމައި، ކެބިނެޓުގެ މަޝްވަރާތަކަށް ފަހު މަޝްރޫއު ފަށާނެ ކަމަށެވެ.

އެ ކަން ކޮށްދެނީ ރައްޔިތުން އުފާކޮށްދިނުމަށް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި، ހުރިހާ އަތޮޅެއްގައި ޕިކްނިކް ދިއުމަށް ޚާއްސަކޮށް އެއް ރަށް ތަރައްގީކުރި ނަމަވެސް، ވަކިވަކި ރަށްރަށަށް ޚާއްސަކޮށް ވެސް ޕިކްނިކް އައިލެންޑު ތަރައްގީކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުން ޕިކްނިކް ދިއުމަށް ޚާއްސަ ރަށްރަށް މިހާރު ވެސް ބައެއް އަތޮޅުތަކުގައި ތަރައްގީކޮށްފައި ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top