ދެހަފުތާގެ ޗުއްޓީއަކަށް ފަހު މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ދެ ހަފްތާއަށްވުރެ ދިގު މި މުއްދަތަށްފަހު ކިޔެވުން އަލުން މި ފެށުނީ ދަރިވަރުންނާއި މުދައްރިސުންނަށް ބޭނުންވާ ތާޒާކަން ލިބުމަށްފަހުގައެވެ.
ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، މި ޓާމަކީ މުޅި އަހަރުގެ ނަތީޖާ ކަށަވަރުކުރާ ދުވަސްވަރުކަމަށްވާތީ، މިއީ ކޮންމެ ދަރިވަރެއްގެ ތަޢުލީމީ ހަޔާތުގައި މުހިއްމު މަރުޙަލާތަކެއް އަންނާނެ ޓާމެކެވެ. އެހެންކަމުން އަހަރުގެ ފުރަތަމަ ޓާމާ ޚިލާފަށް، މި ދުވަސްވަރު ދަރިވަރުންނާއި ބެލެނިވެރިން ހާއްސަ ސަމާލުކަން ދޭންޖެހޭ މުޙިއްމު ކަންތައްތަކެއް ހުންނާނެއެވެ.
އޭގެތެރެއިން އެއްކަމަކީ އަލުން ކިޔެވުމަށް އެނބުރި އަންނައިރު ބޭނުންތެރި ގޮތުގައި ވަގުތު ހޭދަކުރުމަކީ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސްކޫލަށް ގަޑިއަށް ހާޒިރުވުމާއި ފިލާވަޅުތައް ހެދުމާއި ދަސްކުރުމުގެ އިތުރުން ޓިއުޝަންތަކަށް ވަކި ވަގުތުތަކެއް ކަނޑައެޅުމަކީ ރަނގަޅު ނަތީޖާއެއް ނެރުމަށް އެހީވެދޭނެ ކަންކަމެވެ.
ދެވަނަ ޓާމަކީ، އަހަރީ އިމްތިހާން ތަކާއި ގިނަ މުބާރާތްތަކަށް ދަރިވަރުން ތައްޔާރުވާ ދުވަސްވަރެވެ. އެހެންކަމުން ކިލާހުގައި ގަވާޢިދުން ދޭ ފިލާވަޅުތައް ފުނިޖެހުނަ ދީގެން ނުވާނެއެވެ. އިމްތިހާން އައިސް ބޯމަތި ވުމުގެ ކުރިން، ދުވަހުން ދުވަހަށް ނަގައިދޭ ފިލާވަޅުތައް މުތާލިއާ ކުރުމަށް ބެލެނިވެރިން ދަރިވަރުންނަށް ބާރު އަޅަން ޖެހޭނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން، މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން އެއްކޮށް ނިމޭނީ އަންނަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
އަދި ދަރިވަރުންނަށް މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ މި އަހަރުގެ ޑިސެންބަރު 18 އިން ފެށިގެން ޖެނުއަރީ 16، 2027 އާ ހަމައަށެވެ.
ދިރާސީ ކަލަންޑަރަށް ގެނެވުނު ބަދަލުތަކާ އެއްގޮތަށް، 2027 ވަނަ އަހަރުގެ ކިޔެވުން ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ އެ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. މި ބަދަލުތަކަކީ ދިރާސީ އަހަރުގެ ތަރުތީބު އަލުން ހަމަޖެއްސުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.







